މާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު މީހަކަަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ އިމާރާތެއްގެ ތިންވަނަ ބުރިން ވެއްޓުނު މީހަކަަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަަށެވެ. ނަމަވެސް އޭނާގެ ހާލަތާއި ގުޅޭގޮތުން ފުލުހުންވެސް އަދި ހޮސްޕިޓަލުންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.
އިމާރާތް މަތިން ވެއްޓުނީ ދިވެއްސެކެވެ. އޭނާ ވެއްޓުނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.