ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮޅުފުށި

ކޮޅުފުށި މޮނިޓަރިންއަށް ލައިފި

މ. ކޮޅުފުށި އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން މަނާކޮށްފި އެވެ.

އެ ރަށް މޮނިޓަރިންއަށް ގެނައީ އެ ރަށުން މީގެ ދެ ދުވަސް ކުރިން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެޗްއީއޯސީން މިރޭ ބުނީ ކޮޅުފުށިން މާލެ އައި މީހަކު އޭގެ ދެ ފަހުން ކޮވިޑްގެ އަލާމަތްތައް ފެންނާތީ ޓެސްޓް ކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން ކޭސް އިންވެސްޓިކޭޝަން ނިމެންދެން އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.