ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަންގެލި ޕޮޒިޓިވް އަދަދު 83 އަށް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު ބަޔަކު ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 83 އަށް އަރައިފި އެވެ.

ސަންގެލިން ފުރަތަމަ ކޭސް ފެނުނީ މި މަހުގެ ތިންވަނަ ދުވަހު އެވެ، އެއީ ބިދޭސީ މުވައްޒިފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީސީއާރު ޓެސްޓް ޕޮޒިޓިވް ވެގެންނެވެ. ސަންގެލި ރިސޯޓްގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް އެކި ދުވަސްމަތިން ގިނަ ސާމްޕަލްތަކެއް ވަނީ ނަގާފައެވެ. އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ މިހާރުގެ އަދަދަކީ 83 އެކެވެ. އެއީ މުޅީންވެސް މުވައްޒިފުންނެވެ.

އެޗްޕީއޭއިން ބުނީ އެ ރަށުން 65 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަަށެވެ. އަދި މިހާރުވެސް ކޮންޓެކްޓްޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން އިރުވެލި ރިސޯޓްގައި ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ރެސިޑެންސް މޯލްޑިވްސްގައި 15 މީހަކު އަނަންތަރާގައި 31 މީހަކު އެބަތިއްބެވެ.