ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

ފަރުވާ ހޯދި ބަޔަކު ޕޮޒިޓިވްވެ އޭޑީކޭގެ އެޗްޑީޔޫ ބަންދުކޮށްފި

އޭޑީކޭ ހޮސްޕިޓަލްގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) އިން ފަރުވާ ހޯދުމަށް ފަހު ދޫކޮށްލި ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެޗްޑީޔޫ ބަންދުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އޭޑީކޭގެ އެޗްޑީޔޫގައި ފަރުވާ ހޯދި ތިން މީހަކު ދޫކޮށްލި ފަހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްތަކާއި ގުޅިގެން އެޗްޑީޔޫ ބަންދުކޮށް މިހާރު ޑިސްއިންފެކްޓް ކުރަމުންދާ ކަމަށެވެ.

އެ ކޭސްތަކާއި ގުޅިގެން މިވަގުތު އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ ހުރިހާ އެންމެން ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އަދި ޕޮޒިޓިވްވި ބަލި މީހުންނަށް ފަރުވާދިން ހުރިހާ ނަރުހުން ކަަރަންޓީންކޮށް ކޮވިޑަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. ނަތީޖާ ލިބުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައިނުވާ ކަމަަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އޭޑީކޭގެ އައުޓްބްރޭކް މޮނިޓާ ކުރުމުގެ މަސައްކަތް އެ ހޮސްޕިޓަލާއި ގުޅިގެން އެޗްޕީއޭއިން ކުރަމުން ގެންދާ ކަމަށެވެ. އަދި އޭޑީކޭއިން މިހާރު ދެމުންދާ ހިދުމަތްތައް ރައްކާތެރިކަމާއެކު ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.