ހަބަރު

ރެޑްވޭވުން "މަޖަން" ކިރު ތައާރަފުކޮށް

ނިއުޒިލޭންޑްގެ "މަޖަން" ބްރޭންޑްގެ ހިކިކިރު ރެޑްވޭވުން ރާއްޖެއަށް ތައާރަފު ކޮށްފި އެވެ.

ހިކިކިރު އުފައްދައި ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދޭ މަޖަން ބްރޭންޑްގެ ހިކި ކިރު ރެޑްވޭވުން ރާއްޖޭގައި ވިއްކާނީ ބާޒާރުގައި މިހާރު ވިއްކާ ކިރުގެ އެހެން ބާވަތްތަކަށް ވުރެ 20 ޕަސެންޓާއި 30 ޕަސެންޓް އަގު ހެޔޮކޮށެވެ.

އާ ބްރޭންޑެއްގެ ހިކި ކިރު ރެޑްވޭވުން ތައާރަފްކޮށް އަގު ހެޔޮކޮށް ވިއްކަން ނިންމީ ރައްޔިތުންނަށް ހިކި ކިރު ފޯރު ކޮށްދިނުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މަޖަން ކިރުގެ ހޯސޭލް އަގުތައް

800ގ. ޕެކެޓް ހިމެނޭ ކޭހެއް 960 ރުފިޔާއަށް (ކޭހަކު 12 ޕެކެޓް)
1.8 ކިލޯގެ ޕެކެޓް ހިމެނޭ ކޭހެއް 1075 ރުފިޔާއަށް (ކޭހަކު ހަ ޕެކެޓު)
2.25 ކިލޯގެ ޕެކެޓް ހިމެނޭ ކޭހެއް 1380 ރުފިޔާއަށް (ކޭހަކު ހަ ޕެކެޓު)

މަޖަން ބްރޭންޑްގެ ހިކި ކިރަކީ ހުރިހާ ބޭނުމަކަށް ބޭނުން ކުރެވޭނެ ވިޓަމިން އޭ އަދި ޑީ ހިމެނޭ ފައިދާ ހުރި ކިރެކެވެ.