ހަބަރު

މަޖިލިސް ހުޅުވުން ފެބުރުއަރީ ހަތަރެއްގައި

މި އަހަރުގެ ފުރަތަމަ ދައުރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ހަރަތުވަނަ ދުވަހު ބާއްވަން ނިންމައި މަޖިލީހުން އިއުލާންކޮށްފި އެވެ.

މަޖިލިސް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވާނެ އެވެ. ރިޔާސީ ބަޔާނުގައި މުޅި އަހަރު ކުރަން ނިންމާފައިވާ ކަންކަމަށް އަލިއަޅުވައިލާނެ އެވެ. މި ފަހަރުގެ ރިޔާސީ ބަޔާނަކީ ރައީސް ސޯލިހުގެ ތިންވަނަ ރިޔާސީ ބަޔާނެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. މިއަހަރުވެސް އެ ދުވަހު ސަރުކާރު ބަންދު ވާނެ އެވެ.