ވިޔަފާރި

މޯލްޑިވިއަން އޮންލައިން ޓިކެޓު ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

Jan 25, 2021

މޯލްޑިވިއަން އިން ކުރިއަށް ގެންދާ އޮންލައިން ޓިކެޓިން ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި އެވެ.

މޯލްޑިވިއަން އިން ކުރިއަށް ގެންދާ އޮންލައިން ޓިކެޓިންގެ މި ޕްރޮމޯޝަންގައި 10 ޕަސެންޓުގެ ޑިސްކައުންޓެއް ދެ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރިން މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 31 ގެ ނިޔަލަށެވެ. ނަމަވެސް ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރުމާއެކު މި އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފަ އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި ޕްރޮމޯޝަންގެ ޑިސްކައުންޓް އަގުގައި ޓިކެޓު ނެގޭނީ ހަތް ދުވަސް ކުރިން ޓިކެޓް ނަގާ ނަމަ އެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މާޗް 31 ގެ ކުރިން ޓިކެޓު ނަގަން ޖެހެ އެވެ.