ހަބަރު

ދިއްދޫ ލަތީފްވެސް ދޫކޮށްލައިފި

ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިންނެވެ. މިއަދު މެންދުރު ފެށި އެއްވުން މިރޭވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކުރީ ދެ މީހެކެވެ. އޭގެ ތެރޭގައި ލަތީފް ހިމެނެއެވެ. ނަމަވެސް ދެތިން ގަޑިއިރު ފަހުން ވަނީ ދޫކޮށްލާފައެވެ.

މިއަދު މެންދުރުގެ އެއްވުމުގެ ތެރެއިން 18 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވުން ލީޑުކުރަމުންދިޔަ ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއާ ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ. އަދި ޕީޕީއެމްއާ ޕީއެންސީގެ ބައެއް ކައުންސިލް މެންބަރުންންވެސް ހިމެނެއެވެ. އެ މީހުން މިރޭ ވަނީ ދޫކޮށްލާފައެވެ.