އަހުމަދު ޝިޔާމް

"ޔާމީން ގައުމު ދޫކޮށް ނުލައްވާނެ ޑީލް ނުހައްދަވާނެ"

Jan 26, 2021
8

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އަރިކައްޓާއި މެޔަށް ތަދު އަރައި ރިއްސާތީ ރައްުޔިތުން ދޫކޮށް މައިދާނުން ދުރަށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ދަށު ކޯޓާއި އެޕީލްގެ ފުރަތަމަ މަރުހަލާގައި ސާބިތުވެ ފަސް އަހަރުގެ ހުކުމެއް މާފުށީ ޖަލުގައި ތަންފީޒު ކުރައްވަމުން ވަޑައިގަންނަވާ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 400 އަށް ވުރެ ގިނަ ދުވަސްވެފައި ވެއެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީ އާއި ޕީޕީއެމުން އިއްޔެ އާއި ރޭ މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުންތަކުގެ ތެރެއިން އެއްވުމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ވަނީ ރައީސް ޔާމީން ޖަލުގައި ހުންނެވި ސާބިތު ކަމާއި ޝަރީއަތްތަކާއި ތަހުގީގުގައި ދެއްކެވި ސާބިތުކަން ފާހަގަ ކުރައްވާފަ އެވެ. ޝިޔާމް ވިދާޅުވީ "މައުސޫމް ބޭފުޅެއްކަން ރައީސް ޔާމީން ދައްކުވައި ދެއްވި" ކަމަށެވެ.

"ބައްލަވާ، އެމަނިކުފާނަކީ ބުރަކަށީގައި ރިއްސާތީ، އަރިކައްޓަށް ތަދުވާތީ، މެޔަށް ތަދުއަރާތީ އުނަގަނޑަށް ގޮތްވެ، ހުޅުހުޅުގައި ރިއްސައި ގަނެގެން ދިވެހި ރައްޔިތުން ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން ސާބިތު ކޮށްދެއްވައިފި. އަދި މިހާރުވެސް އެއީ ގައުމާއި ރައްޔިތުން ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން އެގެން ދަވަނީ ސާބިތުކޮށް ދެއްވަމުން." ޝިޔާމް ވިދާޅުވި އެވެ.

ބައްލަވާ، އެމަނިކުފާނަކީ ބުރަކަށީގައި ރިއްސާތީ، އަރިކައްޓަށް ތަދުވާތީ، މެޔަށް ތަދުއަރާތީ އުނަގަނޑަށް ގޮތްވެ، ހުޅުހުޅުގައި ރިއްސައި ގަނެގެން ދިވެހި ރައްޔިތުން ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން ސާބިތު ކޮށްދެއްވައިފި. އަދި މިހާރުވެސް އެއީ ގައުމާއި ރައްޔިތުން ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން އެގެން ދަވަނީ ސާބިތުކޮށް ދެއްވަމުން،
އަހުމަދު ޝިޔާމް | ނައިބު ރައީސް، ޕީޕީއެމް

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުތަމުން ގެންދަނީ ހުށަހެޅުމުން ރައީސް ޔާމީނާއެކު ވާހަކަ ދަކަން ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީން ހަދާނެ އެއްވެސް ޑީލެއް ނެތް ކަމަށެވެ. އަދި އެއީ ރައީސް ޔަމީނާއެކު ވާހަކަ ދެކެވޭނެ މައުލޫއެއް ވެސް ނޫން ކަމަށެވެ.

ކުށް ސާބިތު ވެގެން ރައީސް ޔާމީން ޖަލަށް ބަދަލު ކުރީ ނޮވެމްބަރު 29، 2019 ގައެވެ. އެ މަނިކުގެ އެ މައްސަލާގައި އިސްތިއުނާފު ހައިކޯޓުގައި ނިމި، މިހާރު އޮތީ އިލްތިމާސް މަރުހަލާ، ސުޕްރީމް ކޯޓްގަ އެވެ. އެ މަނިކުފާނުގެ މައްޗަށް އިތުރު ދެ ދައުވާއެއް މިހާރު ދަށު ކޯޓުގައި ވަނީ ފަށާފަ އެވެ.