ހަބަރު

އެމްއެމްޕީއާރުސީގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި

Oct 26, 2015

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން އުފައްދާފައިވާ، އެމްއެމްޕީއާރުސީގެ ބޯޑަށް މިއަދު އާ ދެ މެންބަރަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެ ބޯޑްގެ ހުސްވެފައިވާ ދެ މަގާމަށް ހަމަޖެއްސުމަށް ރައީސް ފޮނުއްވާފައިވާ ދެ ނަން ކަމަށްވާ، މާލެ ދަފްތަރު، 4286 ހާރިޝް މުހައްމަދާއި ތ. ތިމަރަފުށީ މާލޭގެ އަހުމަދު ޝަރީފް އެ ބޯޑަށް މިއަދު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. ބޯޑްގައި ފަސް މެންބަރުން ތިއްބަވާ އިރު އެއްވެސް މެންބަރަކު ވަކި ކުރުމަށް އަދި ރައީސް އެދިވަޑައިގެންފައި ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ އިން ނާޖާއިޒު އެތައް ހަރަދުތަކެއް ކުރި މައްސަލައިގައި އެތަން ފާސްކޮށް އެ އޮފީސް އަދިވެސް ހުރީ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެތަނުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް އެ މައްސަލައިގައި ހައްޔަރުކޮށް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.