ހަބަރު

ކަސްޓަމްސްގެ 20 އޮފިސަރަކަށް މެރިޓް ސެޓްފިކެޓް

ފާހަގަކޮށްލެވޭ ކަސްޓަމްސްގެ 20 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާގެ މެރިޓް ސެޓްފިކެޓް ލިބިއްޖެ އެވެ.

ދުނިޔޭގެ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފްލާގައި ކަސްޓަމްސް އޮފިސަރުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފެވެ.

ޝަރީފްގެ ވާހަކަފުޅުގައި، ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދަށް ގޮސް ބޯޑަރު ބަންދުކުރި ނަމަވެސް ރާއްޖޭގެ ސަޕްލައި ޗެއިންއަށް އެއްވެސް ކަހަލަ ދަތިތަކެއް ކުރިމަތިވިޔަ ނުދީ، ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމްސް އިން މަސައްކަތް ކޮށްފައި ވާނެކަން ވަނީ ފާހަގަކުރައްވާފައެވެ.