ބެއިރޫތު (އާރުޓީ) - ސައުދީ އަމީރަކު އޭނާގެ އަމިއްލަ މަތިންދާބޯޓަކުން ދެ ޓަނުގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް މައްސަލަ ބަލަމުންދާކަމަށް ލުބުނާނުގެ މީޑިއާ ރިޕޯޓުތަކާ ހަވާލާދީ ހަބަރު ފެތުރެމުން އެބަދެއެވެ.
އަބްދުލް މުހުސިން ބިން ވަލީދު ބިން އަބްދުލް އަޒީޒް އަލް ސައުދް މިއަދު ހައްޔަރުކުރީ ބެއިރޫތު ގެ ރަފީގް ހަރީރީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ހައްޔަރުކުރި އިރު އަމީރު ތައްޔާރުވަމުން ދިޔައީ އޭނާގެ ބޯޓުގައި ސައުދީ އަރަބިއްޔާއަށް ދަތުރު ފެށުމަށެވެ.
ލުބުނާނުގެ ޓީވީ ސްޓޭޝަން އަލް މަޔަދީން ބުނާ ގޮތުގައި އަމީރުގެ ބޯޓުން ހިފެހެއްޓި ދެ ޓަނުގެ މަސްތުވާތަކެތި ހުރީ 40 ޕެކޭޖެއްގައި ވަކިން ބަންދުކޮށްފައެވެ. އަމީރާއި އެކު އިތުރު ހަތަރު މީހަކު ވެސް ހައްޔަރު ކުރި ކަމަށް މައުލޫމަޓު ލިބެއެވެ.
އަމީރު ސައުދީއަށް ގެންދަން މަސައްކަތް ކުރި މަސްތުވާތަކެތީގެ ތެރޭގަކއި ހިމެނެނީ ކްޕެޓެގަން ގުޅަބޭހާއި އެމްފެޓަމައިން ކަމަށާއި މިއީ މެދު އިރުމަތީގެ ހަނގުރާމަވެރިންގެ މެދުގައި ވަރަށް ގިނައިން ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކެއް ކަމަށްވެސް މީޑިއާގައި އަޑު ފެތުރެމުން ދެއެވެ.
މިދިޔަ މަހު ސައުދީގެ އެހެން އަމީރަކު ވެސް ވަނީ އެމެރިކާގެ ލޮސް އެންޖެލިސް ގައި ހައްޔަރުކޮށްފައެވެ. މަޖީދު އަބްދުލް އަޒީޒް އަލް ސައުދު ހައްޔަރު ކޮށްފައި ވަނީ އަންހެނަކާއެކު ގަދަކަމުން ޖިންސީގުޅުން ހިންގަން އުޅުމުގެ ތުހުމަތުގައެވެ. ހައްޔަރު ކުރުމަށްފަހު އޭނާ ވަނީ ތިން ލައްކަ ޑޮލަރުގެ ބެއިލް އެއްގައި ދޫކޮށްލާފައެވެ.