ހަބަރު

މެލޭޝިޔާގެ އެޗްއެސްބީސީ އަމާނާގެ ސީއީއޯއަކަށް ފިރާސް

ދުނިޔޭގެ އެންމެ ފާހަގަ ކޮށްލެވޭ ކޮމާޝަލް ބޭންކުތަކުގެ ތެރޭގައި ހިމެނޭ ހޮންކޮންގެ އެންޑް ޝަންހާއީ ބޭންްކް (އެޗްއެސްބީސީ) ގެ އަމާނާ މެލޭޝިޔާގެ ސީއީއޯ އަކަށް ރާއްޖޭގެ އަހުމަދު ފިރާސް ހަމަޖައްސައިފި އެވެ.

އެކި ގައުމުތަކުގައި 40 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް މިހާރު ވެސް ހިދުމަތް ދެމުން އަންނަ އެޗްއެސްބީސީ މެލޭޝިޔާގެ ޝަރިއްޔާ ޓީމުގެ ވެރިޔަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ފިރާސް ސީއީއޯގެ މަގާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން އެ ބޭންކުގައި މަސައްކަތް ކުރައްވަމުން އަންނަ ފިރާސް އަކީ ރާއްޖޭގެ އެމްއެމްއޭގެ ޝަރިއްޔާ ކައުންސިލްގެ ވެސް މެމްބަރެކެވެ.

ފިރާސް އަކީ ރާއްޖެއަށް އިސްލާމިކް ބޭންކިންގ ތައާރަފް ކުރެއްވުމުގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ބޭފުޅެކެވެ.