އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީން މިއަދު ވެސް މާލޭގެ އެކި ދިމަ ދިމާގައި މުޒާހަރާ ކުރަމުން ދަނިކޮށް ދެ ޕާޓީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާ ހައްޔަރު ކޮށްފި އެވެ.
އެ ދެ ބޭފުޅުން ހައްޔަރު ކުރީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޑް ވެކްޝިނާ ބެހޭ ގޮތުން އަޑު އުފުލައި ދަރުބާރުގޭ ކުރިމަތީގައި އިހުތިޖާޖުގެ ކުރަމުން ދަނިކޮށެވެ. މިއަދުގެ މުޒާހަރާތަކުގައި މައިގަނޑު ގޮތެއްގައި ގޮވާލާފާފައި ވަނީ ރާއްޖެ ގެނައި ކޮވިޑް ވެކްސިންގެ މައުލޫމާތު ހާމަކަން ބޮޑުކޮށް ދިނުމަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ވެސް އިދިކޮޅު އިހުތިޖާޖުްތަކުގެ ތެރެއިން އެހެން ބަޔަކުވެސް މިއަދު ހުއްޓުވައި ހައްޔަރަށް ގެންގޮސްފައި ވެއެވެ.
އިދިކޮޅުން މިދިއަ ބުރާސްފަތި ދުވަހަށް ފަހު ސިޔާސީ މަގުމަތީ ހަރަކާތް އިތުރުކޮށް ކޮންމެ ދުވަހަކު ވެސް ގެންދަނީ މާލެ އާއި ބައެއް ރަށްރަށުގައި މުޒާހަރާތައް ކުރަމުންނެވެ. އަދި އަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ފުޅާ މުޒާހަރާއެއް ކުރާނެ ކަމަށް އިދިކޮޅުން ދެ ޕާޓީން ވަނީ ބުނެފަ އެވެ.
އިދިކޮޅުގެ މަގުމަތީ ހަރަކާްތް އިތުރު ކޮށްފައިވާއިރު މިހާރު ވަނީ އަނެއްކާ ވެސް މާލޭ ސަރަހައްދުގައި ކާފިއުގެ ވަގުތުތަކެއް ކަނޑައަޅާފަ އެވެ.