ދިވެހި ޕްރެމިއާ ލީގް

ދިވެހި ލީގްގެ ފުރަތަމަ ސްޓެޓްސް ފޮތް ނެރެފި

ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ ބުރުގެ ސްޓެޓްސް ފޮތް އެފްއޭއެމުން ނެރެފި އެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ތާރީހްގައި ސްޓެޓްސްއަށް ހާއްސަކޮށް ފޮތެއް ނެރުނު ފުރަތަމަ ފަހަރެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި، މިއަދު ހަވީރު މާޒިޔާ އާއި ވެލެންސިއާ ކުޅުނު މެޗުގެ ކުރިން، ސްޓެޓްސް ފޮތް ނެރެދެއްވީ، އެފްއޭއެމްގެ ނައިބު ރައީސް އަލީ އުމަރެވެ. މި ފޮތް ނެރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓާއި ސްޓެޓްސް ޑިޕާޓްމެންޓްގެ އިތުރުން ކޮމްޕްޓީޝަން ޑިޕާޓްމެންޓެވެ.

މިރޭ ދަނޑުގައި ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަ ދައްކަމުން އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓާ އަހްމަދު ޝަރީފް (ޑުންގާ) ބުނީ، މިއީ އެފްއޭއެމްގެ ތާރީހްގައި ފަހަރަކު ބޮޅެއް ގުލެމުން އައިސް ކުލަ ޖެހުނު އާ މަސައްތެއް ކަމަށެވެ. އޭނާ ބުނީ އެ ފޮތަކީ ޓީމުތަކުގެ ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުންނަށް ބޭނުންތެރިން މުހިންމު ފޮތަކަށް ވާނެ ކަމަށެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމެންޓްގެ އޮފިޝަލް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ، ލީގްގެ ފުރަތަމަ ބުރުގެ މެޗުތަކުގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ސަމަރީ އެ ފޮތުން ފެނިގެންދާނެ ކަމަށެވެ.

"މިސާލަކަށް އެއް ޓީމެއްގެ ކޮޅަށް 15 ގޯލް ވަދެފައި އިން އިރު 10 ގޯލް މިއިނީ ބޮލުން ޖަހާފައި އެހެންވީމަ އެ ކޯޗަކަށް އެބަ އެނގޭ އެ ޓީމުގެ މާކިން މައްސަލައެއް ނޫނީ އެހެން ކަހަލަ މައްސަލަތަކަކާ އެއްޗިހިވެސް އުޅޭކަން،" ޝާކިއްޓޭ ވާހަކަ ދެއްކި އެވެ. "ނޫނީ އެއް ޓީމެއްގެ ކޮޅަށް މި އިންނަނީ ނިމެން 15 މިނެޓަށް ވެދފަ އިންދާ ގޯލް ވަދެފަ އެހެއްވެއްޖެއްޔާމު އެ ކޯޗަކަށް މި ފޮތް ބަލާލީމަ އެނގޭނެ ފަހު ކޮޅަށް ދިޔައީމަ ކޮންމެވެސް މައްސަލައެއް އުޅޭކަން. އެކހަލަ ވަރަށް ބައިވަރު މައުލޫމާތުތަކެއް މި ފޮތުން އެނގިގެންދާނެ.'

ޑުންގާ ބުނީ، ފޮތުން ބޭނުން ކުރެވޭނެ ޓެކްނިކަލް މައުލޫމާތުތަކަކީ ކޮބައިތޯ ބަލައި އެފްއޭއެމުން ބާއްވާ ކޯޗިން އެޑިއުކޭޝަން ޕްރޮގްރާމްތަކުގައި އެބައިތައް ބޭނުން ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.