ހަބަރު

ބީއެމްއެލް ކާޑު ބޭނުންކޮށްގެން ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން ހަތްފާއަކު ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލް އިން މިއަދު ފެށި ޕްރޮމޯޝަނުގައި ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ގިފްޓް ކާޑެއް ލިބުމުގެ ފުރުސަތު މި ޕްރޮމޯޝަންގެ ދަށުން ލިބިގެންދާނެއެވެ. އެގޮތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބޭނެ އެވެ.

މާޗް މަހުގެ 28 އަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ނިމުމުން މި މުއްދަތުގައި ކާޑު ބޭނުންކޮށްފައިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނެގުމަށްފަހު ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ގިސްޓް ކާޑެއް ލިބޭނެއެވެ.

ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ މީހުންގެ ނަންތައް ބީއެމްއެލްގެ ފޭސްބުކް ޕޭޖާއި ޓްވިޓާ މެދުވެރިކޮށް ހާމަކުރާނެއެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒިފުންގެ އާއިލާއަށް މި ޕްރޮމޯޝަނުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.