އިދިކޮޅު ފަރާތްތައް

ޕެޕާސްޕްރޭ ޖަހާ އިދިކޮޅު އެއްވުން ރޫޅާލައިފި

"އިންސާފު ކޮބާ" ނަމުގައި އިދިކޮޅުން މާލެއާ އަތޮޅުތެރޭގައި އިހުތިޖާޖަށް ނިކުމެއްޖެ އެވެ.

އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ އިސްވެރިންނާއި އާންމުން މިއަދު މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަމުން ދަނީ މި މަހު އެ ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުތުމަށް ނިންމި ނިންމުމުގެ ތެރެއިންނެވެ. އިދިކޮޅުން މިއަދު އެއްވުމެއް ބާއްވަމުންދާއިރު ރާއްޖޭގައި ކޮވިޑް ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

އެއްވުން ހުއްޓުވުމަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ މަގުމަތީ ހަރަކާތްތެރިވަމުންނެވެ. އަދި އެއްވުމުގެ ތެރެއިން ފުލުހުންގެ އަމުރަކަށް ނުކިޔަމަންތެރި ވެގެން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެ ގޮތުން ފުލުހުން ވަނީ ޕެޕާސްޕްރޭ ޖަހާ އެއްވުން ރޫޅާލާފައެވެ. އެއްވުމުގެ ތެރެއިން 11 މީހަކު ހައްޔަރުވެސް ކުރިއެވެ.

މިއަދުގެ އިހުތިޖާޖު މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.