ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

މެންބަރު ތޯރިގު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި

"އިންސާފު ކޮބާ" ނަމުގައި އިދިކޮޅުން މާލެ ސިޓީގައި އިދިކޮޅުން ކޯލިޝަންގެ ސަޕޯޓަރުން މިރޭ ކުރިއަށް ގެންދާ އިހުތިޖާޖުގެ ތެރެއިން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

އިދިކޮޅު ދެ ޕާޓީގެ ލީޑާޝިޕްގެ އިސްވެރިންނާއި އާންމުން މިއަދު މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަމުން ދަނީ މި މަހު އެ ކޯލިޝަނުން ސީދާ ހަރަކާތަށް ނިކުތުމަށް ނިންމި ނިންމުމުގެ ތެރެއިންނެވެ. މިއަދު ހަވީރުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ކުރިއަށްދިޔައެވެ. މިރޭވެސް އިހުތިޖާޖު ދަނީ ކުރިއަށެވެ.

އިހުތިޖާޖު ހުއްޓުވަން ގިނަ އަދަދެއްގެ ފުލުހުން ވަނީ މަގުތަކަށް ނިކުމެފައެވެ. އިހުތިޖާޖުގެ ތެރެއިން މެންބަރު ތޯރިގު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ. ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލާއި ބައެއް އާންމުންވެސް ހައްޔަރު ކުރިއެވެ.

މިއަަދު ހަވީރުގެ އިހުތިޖާޖުގެ ތެރެއިންވެސް 11 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްވުންތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާ ކޮށްފަ އެވެ. އިދިކޮޅު އެއްވުމަށް ފުލުހުން ފުރުސަތު ނުދިނީ އެ ސަބަބާއި ގުޅިގެންނެވެ. ފުލުހުން ވަނީ އެއްވުން ރޫޅާލުމަށް ޕެޕާސްޕްރޭވެސް މިއަދު ބޭނުން ކޮށްފައެވެ.