ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިދިކޮޅު ފަރާތްތައް

އިދިކޮޅު އެއްވުމުން ފުލުހުންނާއި އާންމުންނަށް އަނިޔާ

"މަގޭ ފްލެޓް ކޮބާ" ނަމުގައި އިދިކޮޅުން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން އާންމުންނާއި ފުލުހުންނަށްވެސް އަނިޔާވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަޕޯޓަރުން ބޭއްވި އެއްވުމުގައި މާލޭގެ ބޮޑެތި މަގުތަކުގައި ވަނީ ހިނގާލާފައެވެ. ނަމަވެސް ފުލުހުން ވަނީ އެއްވުން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އެއްވުން ހުއްޓުވުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.

ހިޔާ މަޝްރޫއުގެ 7،000 ފްލެޓް ދޭނެ މީހުން ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. ފުލުހުން ވަނީ އެއްވުމުގެ ބައިވެރިން ފަހަތަށް ޖެއްސުމަށް ގިނަ އަދަދަކަށް ޕެޕާ ސްޕްރޭ ބޭނުން ކޮށްފައެވެ.

އެއްވުން ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންނާވެސް ކުރިމަތިލުންތައް ހިނގިއެވެ. އެކަމުގެ ސަބަބުން ބައެއް ފުލުހުންނަށްވެސް އަނިޔާވިއެވެ. އަދި ފަރުވާ ދިނުމަށް ފުލުހަކު ގެންދަންވެސް ޖެހުނެވެ.

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް އެއްވުންތަކާއި އިހުތިޖާޖުތައް ކުރިއަށް ގެންދާއިރު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. މިއަދު އެއްވުން ފެށެން ވަގުތު ކުޑަތަން ވެފައިވަނިކޮށް ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލޭ ސަރަހައްދުގައި ވެހިކަލް ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.