ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕާކް ހުޅުވާ ގަޑިތައް ބަދަލުކޮށްފި

މާލޭގެ ބައެއް ދެ ޕާކެއް ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މާލެ ސިޓީ ކައުންސިލުގެ އިދާރާއިން ބުނީ ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާ ގަޑިތަަކަށް ބަދަލު ގެނައި އިރު އެ ދެ ޕާކް ހުޅުވާނީ ކޮންމެ ދުވަހަކު ފަތިހު 5:00 ން ހެނދުނު 8:00 ށެވެ. ދެން ހަވީރު 5:00 ން ރޭގަނޑު 8:00 އަަށެވެ.

މީގެ ތެރެއިން ހެންވޭރު ލޮނުޒިޔާރަތް ޕާކަކީ ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު ބަލަހައްޓާ، ވަންނަ ނުކުންނަ މީހުން ބަލާ ތަނެކެވެ. ސަލްޓަން ޕާކް މިހާރު އޮންނަނީ ވަރަށް ބޮޑަށް ދޫކޮށްލާފަ އެވެ.

އެންމެ ގިނަ ބަޔަކު ވަނަ އެ ދެ ޕާކަށް ވަދެވޭ ގަޑިތައް ބަދަލުކޮށްފައި ވަނީ މާލެ ސަރަހައްދުގައި އަނެއްކާވެސް ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

މި ދުވަސްވަރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެފައި ވެއެވެ. އެހެންވެ ކޮންމެހެން ދާން ޖެހޭ ތަނަކަށް ނޫނީ ނުދިޔުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.