ހަބަރު

އެމްއެމްޕީއާރްސީ އޮޑިޓް ކުރަން އަންގައިފި

Oct 27, 2015
0%
0%
0%

ހިޔާނާތުގެ މައްސަލަތަކެއް ތަހުގީގު ކުރަމުންދާތީ ބަލައި ފާސްކޮށް ބަންދުކޮށްފައި ހުރި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަޖެނެރަލް އާ ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެމްއެމްޕީއާރްސީ އޮޑިޓް ކުރަން ހަވާލުކޮށްފައިވާއިރު ހާއްސަ އޮޑިޓް ކުރަންޖެހޭނީ ނޮވެމްބަރު 17، 2013 އިން ފެށިގެން ކަމަށެވެ. އެ ތާރީޙަކީ ރައީސް ޔާމީން ރާއްޖޭގެ ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ދުވަހެވެ.

އެމްއެމްޕީއާރްސީ އޮޑިޓް ކުރަން އެންގެވި އިރު އޮޑިޓަރު ޖެނެރަލް ކަމުގައި ހުންނެވީ މިހާރު ހައްޔަރުކޮށްފައި ހުންނެވި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޭބެ ހަސަން ޒިޔަތެވެ.

އަދި މި ނިންމު އާއިރު އިއްޔެ ވަނީ އެމްއެމްޕީއާރްސީގެ ބޯޑަށް ދެ ބޭފުޅަކު ވެސް ހަމަޖައްސާފަ އެވެ.

އެމްއެމްޕީއާރްސީއަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހައްޔަރު ކުރީ އެ ކުންފުނިން ބައެއް ފަޅުތަކާއި ރަށްތައް ކުއްޔަށް ދީގެން ލިބޭ ފައިސާއާބެހޭ ގޮތުން މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ ފުުލުހުން ތަކުރާރުކޮށް ސުވާލު ކުރުމުން ޖަވާބު ނުދީގެނެވެ.

މިދިއަ އާދީއްތަ ދުވަހު ގައުމާ މުހާތަބު ކުރައްވާ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުލުހުންނަށް ބޮޑެތި ހަރަދުތައް ކޮށްފައިވާ އިރު، ފުލުހުންނަށް ބައެއް ތަކެތި ގަންނަން ކޮށްފައި ހުރި ރަސްމީ ރިކުއެސްޓް ސިޓީތައް ޒިޔަތުގެ އެޕާޓްމަންޓުން ފެނިފައިވާ ކަމަށެވެ. އަދި ފުލުހުންނަކީ ބަޖެޓް ދީގެން ހިންގާ މުއައްސަސާއަކަށް ވާއިރު އެމްއެމްޕީއާރުސީ އަށް ފުލުހުން އެހީއަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެފަދަ ރަސްމީ ރިކުއެސްޓް ސިޓީތައް ސީދާ ޒިޔަތުގެ އެޕާޓްމަންޓްގައި ހުންނަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011