ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެސްޓްރަޒެނެކާ ޕްލާންޓަށް ގޮތްނޭނގޭ ޕާރުސަލެއް ފޮނުވި މީހަކު ހައްޔަރުކޮށްފި

އިނގިރޭސިވިލާތު، ނޯތު ވޭލްސްގައި ހިންގާ އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން ފެކްޓަރީއަށް ގޮތް ނޭނގޭ ޕާރުސަލެއް ފޮނުވި މީހަކު ހައްޔަރުކޮށް ދައުވާ އުފުލައިފި އެވެ. ލޯކަލް މީޑިއާ ބުނާ ގޮތުގައި މި ޕްލާންޓަކީ އެސްޓްރަޒެނެކާ ވެކްސިން ފުޅިއަށް އަޅައި ބަންދުކުރާ ފެކްޓަރީ އެވެ.

ފެކްޓަރީއަށް ޕާރުސަލް ލިބުމާއެކު ވަނީ މީހުން ހުސް ކޮށްފަ އެވެ. އަދި ގޮވާއެއްޗެއް ކަމަށް ބެލެވޭތީ ފުލުންނަށް ރިޕޯޓް ކޮށްފަ އެވެ. މިކަމަކާ ހެދި ފެކްޓަރީގެ މަސައްކަތްތައް ހުއްޓި، ވެކްސިން ބަންދު ކުރުން ގިނައިރުތަކަކަށް މެދުކެނޑިގެން ދިއަ އެވެ. ބޮން ނައްތާލާ ޓީމުން ފެކްޓަރީއަށް ގޮސް ބަލައި ގޮވާ ޒާތުގެ އެއްޗެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ޕާރުސަލުގައި ނުރެއްކަލެއް ނެތް ނަމަވެސް، ފުލުން ވަނީ އެ ގެންގޮސްފަ އެވެ. އެއީ އިތުރަށް ތަހުގީގުކޮށް ބަލައި އެފަދަ އެހެން ހަމަލާއެއް ހިންގަން ރާވާފައި އޮތްތޯ ބެލުމަށެވެ.

އެސްޓްރަޒެނެކާ ޕްލާންޓަށް ޕާރުސަލް ފޮނުވި މީހާ ހޯދައި މިހާރު ހައްޔަރުކޮށްފައި ހުރިއިރު އޭނާގެ މައްޗަށް އުފުލާފައި ވަނީ ބިރު ދެއްކުމުގެ ދައުވާ އެވެ. މަސްލަހަތު ނަގާލަން މަސައްކަތްކަތް ކުރި ކަމަށް ބަލައި އިތުރު ދައުވާއެއް ކުރުމަކީ ވެސް އެކަށީގެންވާ ކަމަށް ވެ އެވެ.

މިވަގުތު ދުނިޔެ އޮތް ހާލަތުގައި އެސްޓްރަޒެނެކާ އަކި ނުހަނު މުހިންމު ކުންފުންޏެކެވެ. ގައުމުތައް ކޮވިޑުން އަރައިގަތުމަށް ފަރުފާއަކަށް ވެދާނެ ކަމަށް ސައިންސްވެރިން އުންމީދު ކުރާ ވެކްސިން އުފެއްދުމުގައި އެސްޓްރަޒެނެކާގެ ދައުރު ވަރަށް ފުޅަލެވެ. މިވަރުގެ މުހިންމު ތަނަކަށް ގެއްލުމެއް ދޭން އުޅުމަކީ މި ދަނޑިވަޅުގައި އަދަބު ދެގުނަ ކުރަން ޖެހޭ ވަރުގެ ކަމެކެވެ.

ފުލުން ބުނީ ޕާރުސަލް ފޮނުވީ 53 އަހަރުގެ އެންތަނީ ކޮލިންސް ނަމަކަށް ކިޔާ މީހަކު ކަމަށެވެ. ޕާރުސަލަކީ ގޮވާއެއްޗެއް ކަމަށް ގިނަ ބަޔަކަށް ހީވެ ބިރުގެންފައި ވާތީ އެންތަނީ މިހާރު ހުރީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.