ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަންގެލި ޕޮޒިޓިވް އަދަދު 93 އަށް

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން އިތުރު ބަޔަކު ޕޮޒިޓިވްވެ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު 93 އަށް އަރައިފި އެވެ.

ސަންގެލިން ފުރަތަމަ ކޭސް ފެނުނީ މި މަހުގެ ތިންވަނަ ދުވަހު އެވެ، އެއީ ބިދޭސީ މުވައްޒިފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީސީއާރު ޓެސްޓް ޕޮޒިޓިވް ވެގެންނެވެ. ސަންގެލި ރިސޯޓްގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް އެކި ދުވަސްމަތިން ގިނަ ސާމްޕަލްތަކެއް ވަނީ ނަގާފައެވެ. އެ ރަށުގައި ބަލި ޖެހިފައި ތިބި މީހުންގެ މިހާރުގެ އަދަދަކީ 83 އެކެވެ. އެއީ މުޅީންވެސް މުވައްޒިފުންނެވެ.

މި މަހުގެ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހުވެސް އެ ރަށުން ތިން މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މީގެ އިތުރުން އެނބޫދޫފަޅު ރިސޯޓުން މިހާތަނަށް ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަނަންތަރާ ކިހާވަށް ރިސޯޓުން 62 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެ ރިސޯޓުން އެންމެ ފަހުން ބަޔަކު ޕޮޒިޓިވްވީ އިއްޔެ އެވެ. އިއްޔެ 8 މީހަކު ޕޮޒިޓިވްވިއެވެ.