ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް: އަނަންތަރާއިން 62 މީހަކު ޕޮޒިޓިވް

އަނަންތަރާ ކިހާވަށް ރިސޯޓުން 62 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބުނީ އަނަންތަރާ ކިހާވަށް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނުނީ އަލާމަތް ހުރެގެން ގިނަ ބަޔަކު ޓެސްޓް ކުރުމުން ކަމަށެވެ. ފުރަތަމަ ނެގި ސާމްޕަލްތަކުން 14 ސާމްޕަލް ޕޮޒިޓިވްވިއެވެ. އަދި އެ ފަހުން ނެގި ސާމްޕަލްތަކުން 13 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާ ބޮޑުވެ މިހާތަނަށް 62 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ރިސޯޓްތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުންނެވެ. އެ ރިސޯޓްގައި 93 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން އެނބޫދޫފަޅު ރިސޯޓުން މިހާތަނަށް ނުވަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.