ބޮލީވުޑް

ޖާންވީގެ "ގުޑް ލަކް ޖެރީ"ގެ ޝޫޓީން އަނެއްކާވެސް ހުއްޓުވައިފި

"ގުޑް ލަކް ޖެރީ"ގެ ޝޫޓިންގްގައި ޖާންވީ
0%
0%
0%

އިންޑިޔާގެ ޕަޓިއާލާގައި ކުރިޔަށް ދިޔަ ޖާންވީ ކަޕޫރު ބަތަލާގެ ރޯލު ކުޅޭ "ގުޑް ލަކް ޖެރީ"ގެ ޝޫޓިންގް ތިން ވަނަ ފަހަރަށް ވެސް ހުއްޓުވުމުން ޖާންވީ އެނބުރި މުމްބައި އަށް އަތުވެއްޖެ އެވެ. މި ފިލްމުގެ ޝޫޓިން ފަށާއިރަށް ހުއްޓުވަނީ މިހާރު އިންޑިޔާގައި ވަރުގަދަ ހަޅުތާލެއް ފަށައިގެން އުޅޭ އެ ގައުމުގެ ދަނޑުވެރިންނެވެ.

މި ޝޫޓިންއަށް އެންމެ ފަހުން ހުރަސްއެޅި ދަނޑުވެރިންގެ ގްރޫޕަކުން ބޭނުންވީ އެ މީހުންގެ ހަޅުތާލަށް ޖާންވީ ތާއީދުކޮށް ބަޔާނެއް ނެރުމަށެވެ. މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން މި ފިލްމުގެ ޝޫޓިން ހުއްޓާލަން ޖެހުނެވެ.

"އަހަރެމެން ބުނިން ފިލްމު ކުރޫން ކައިރީގައި މިތަނުގައި އެ ފިލްމުގެ ޝޫޓިން ބާއްވަން ހުއްދައެއް ނުދެވޭނޭ. އެހެން ބުނީމަ ވެސް އަނެއްކާ ހަމަ މިތަނުގައި އެމީހުން ޝޫޓިން ފެށީމަ އަހަރެމެންނަށް ހުއްޓުވަން މަޖްބޫރުވީ،" ހަޅުތާލުގައި ބައިވެރިވާ ދަނޑުވެރިއަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޖާންވީ އާއި އެ މީހުންނާ ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް ނުވަތަ މައްސަލައެއް ނެތެވެ. އެމީހުން ބޭނުންވަނީ އެމީހުންގެ ހަޅުތާލަށް ޖާންވީ ތާއީދުކުރާ ކަމަށް ބުނެ ބަޔާނެއް ދިނުމަށެވެ. އޭރުން ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދަން ހުއްދަ ދޭނެ އެވެ.

ފުލުސް އޮފިޝަލުން ބުނެފައިވަނީ ޝޫޓިން މެދުކެނޑުނަސް އަލުން ކުރިޔަށް ގެންދެވުނުކަމަށެވެ. ނަމަވެސް ޝޫޓިން ބޭއްވުމުގައި މައްސަލަތައް ދިމާވާން ފެށުމުން ޖާންވީ އެނބުރި މުމްބައި އަށް ދިޔައީ އެވެ.

ޖެނުއަރީ ކުރީކޮޅު ވެސް "ގުޑް ލަކީ ޖެރީ"ގެ ޝޫޓިންއަށް ދަނޑުވެރިންގެ ގްރޫޕަކުން ހުރަސްއަޅާފައި ވެއެވެ. އެ ފަހަރު އެމީހުންބުނީ ދަނޑުވެރިންނާ ދެކޮޅަށް ޖާންވީ ކޮންމެވެސް އެއްޗެކޭ ބުނީ ކަމަށެވެ.

ޖާންވީގެ ކުރިޔަށް ހުރި ފިލްމުތަކުގެ ތެރޭގައި ކާރްތިކް އާރްޔަން އާއެކު ކުޅޭ "ދޯސްތާނާ 2" އާއި ރާޖްކުމާރު ރާއޯ އާއެކު ކުޅޭ "ރޫހީ އަފްޒާނާ" ހިމެނެ އެވެ. އަދި ކަރަން ޖޯހަރްގެ "ތަޚުތު"ގައި ވެސް ޖާންވީ ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345