ނޭމާ

ޕީއެސްޖީގައި މަޑުކުރާނަން، އެމްބާޕޭއާމެދު އުންމީދު ކުރަން: ނޭމާ

ޕީއެސްޖީގައި އޭނާ މަޑު ކުރާނެ ކަމަށާއި، ކިލިޔަން އެމްބާޕޭވެސް ޓީމުގައި މަޑު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް، ނޭމާ ބުނެފި އެވެ.

ނޭމާ، ބުނީ ޕީއެސްޖީގައި އޭނާ ހުރީ ހިތްހަމަ ޖެހިގެން ކަމަށެވެ. ޕީއެސްޖީގެ މަޑު ކުރުމާމެދު އެމްބަޕޭއާ މެދު ވަނީ ސުވާލު އުފައްދާފަ އެވެ. އޭނާ ގެންދަން ރެއާލް މެޑްރިޑް އަދި ލިވަޕޫލުން ދަނީ މަސައްކަތް ކުރަމުންނެވެ.

"އަހަރެން މި ކުލަބުގައި މިހުރީ ވަރަށް އުފަލުން އަހަރެން ބޭނުން ޕީއެސްޖީގައި މަޑުކުރަން އަހަރެން އުންމީދު ކުރަން އެމްބާޕޭވެސް މަޑު ކުރާނެކަން،" ފްރާންސްގެ ޓީއެފް އެކަކަށް ދިން އިންޓަވިއުގައި ނޭމާ ބުންޏެވެ. "ހަމަ ޔަގީނުންވެސް ސަޕޯޓަރުން ބޭނުންވާ ކަމެއް އެއީ. އަހަރެމެން ބޭނުން ވަނީ ޕީއެސްޖީ އަކީ ވަރުގަދަ ކުުލަބަކަށް ވާން. އަހަރެން ބޭނުން މިހާރުވެސް އަހަރެން މިހާރުވެސް ކުރަމުންދާ ކަންތައް ޕީއެސްޖީ ކުރަން ދެމިހުންނަން."

ނޭމާ ބުނީ މިހާރު ޕީއެސްޖީއަށް އަންނަ ބަދަލުތަކާ މެދު އޭނާ ހިތްހަމަ ޖެހޭ ކަމަށެވެ. މިދިޔަ މަހު މައުރީޝިއާ ޕޮޗެޓިނޯ ޕީއެސްޖީގެ ކޯޗް ކަމަށް ހަމަޖެއްސުމުން، މަޝްހޫރު ގިނަ ކުޅުންތެރިންނާއި ޕީއެސްޖީ އާ ގުޅުވައި ދަނީ ޓްރާންސްފާގެ ވާހަކަތައް ފަތުރަމުންނެވެ.

ނޭމާ ވަނީ އިއްޔަ ލޮރިއެންޓް އާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީން ދެ ލަނޑު ޖަހާފަ އެވެ. އެ މެޗުން ޕީއެސްޖީ ބަލިވީ 3-2 ން ނެވެ.