ވިޔަފާރި

އެއާޕޯޓުން 100 ފީފާގެ ކަޅުތެޔޮ ނީލަމަށްލައިފި

Feb 1, 2021

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 100 ފިފާގެ ކަޅުތެޔޮ ނީލަން ކިޔައިފި އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ މި ކަޅު ތެލަކީ އެއާޕޯޓުގެ ޕްލާންޓްތަކުގައި ބޭނުކޮށްފައިވާ ތެލެވެ. ނީލަން ކިޔާ ތެލުގެ މިންވަރު 100 ފީފާއަށް އަރަ އެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހަޅަން އެ ކުންފުނިން ދިން މުއްދަތަކީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ތެޔޮ ބޭނުން ކޮށްގެން އެންމެ ބޮޑު އޮޕަރޭޝަން ހިންގާ އެއް ތަނެވެ. އަދި އެއާޕޯޓަކީ ރާއްޖޭގެ އެންމެ ގިނަ ތެޔޮ ރައްކާ ކޮށްފައިވާ އެންމެ ގިނަ ވަސީލަތް ހުރި ތަނެވެ.