ސަލާމަތީ ބާރުތަކަށް ބޮޑެތި އިހުތިޔާރުތަކެއް ލިބޭ ޓެރަރިޒަމްގެ ކުށްތައް މަނާކުރުމުގެ ބިލް ފާސްކުރިޔަސް ސިޔާސީ ހަރަކާތްތަށް ނުހުއްޓާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ޓެރަރިސަމް މަނާކުރުމުގެ ބިލްގައި އެމްޑީޕީއިން ކަންބޮޑުވާކަންތަށް ފާހަގަކޮށް މިއަދު އެޕާޓީއިން ބޭއްވި ޕްރެސްގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޓަރަރިސަމް ބިލެއް އޮތުމަކީ އެންޓިޓެރެރިސަމް ގާނޫނެއް ރާއްޖޭގައިވެސް ގާއިމް ކުރުމަކީ އެމްޑީޕީއިން ވެސް އެދޭ ކަމެއް ކަމަށާއި އަދި އެމްޑީޕީއިން ހުށަހެޅި އިސްލާހުތަކަށް މަޖުލީހުގެ މެމްބަރުން ވޯޓުދެއްވައިފި ކަމަށް ވަންޔާ މިބިލް ފާސްކުރަން އެމްޑީޕީ އިން ވޯޓުވެސް ދޭނެ ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ މިބިލް އެމްޑީޕީއިން ހުށަހެޅި އިސްލާހުތަކާއި ނުލައި ފާސްކޮށްފިނަމަ ރައްޔިތުންގެ އަސާސީ ހައްގުތަށް ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށާއި އެހެންނަމަވެސް ކޮންމެ ގޮތަކަށް މީގެ ނަތީޖާ ނިކުތަސް އެމްޑީޕީ އިން ހިނގާ ސިޔާސީހަރަކާތްތަށް ނުހުއްޓުވޭނެ ކަމަށެވެ.
"މިހާރު ގައުމުގެ ހާލަތު ގޮއްސައޮތް ހިސާބާއި އަޅުގަނޑުމެން ޑިމޮކްރަސީ ހާސިލް ވެފަހުރި ވަރަށް ބަލައި އިރު އަޅުގަނޑުމެން މިތިބީ ފަހަތަށް ދާކަށް ތައްޔާރަކަށް ނޫން އަޅުގަނޑުމެންނަށް ލިބިފަ އޮތް އެއްވެސް ހައްގެއް ނިގުިޅައިގަންނަތަން ބަލާކަށް ނުހުންނާން. ބިލް ފާށް ކުރިޔަސް އެމްޑީޕީއިން މިކަން ކަމާއި ދެކޮޅަށް ނިކުންނާނަން،" ރޮޒެއިނާ ވިދާޅުވި އެވެ.
ޓެރަރިސަމް ކުއްތަށް މަނާކުރާ ބިލް އިއްޔެ އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވާ އިރު މިއަދު އެމްޑީޕީއިން ވަނީ އމަޖިލީހުގެ ތަޅުމަށް ވެސް އެމްޑީޕީއިން ބޭނުންވާ އިސްލާހުތަށް ހުށަހަޅައިފައެވެ. ސިޔާސީ ޕާޓީއެއް އުފެދިފައިވާ މަގުސަދުތަށް ހާސިލް ކުރުމަށް ހިނގާ ހަރަކާތްތަށް، ޓެރަރިސަމްގެ އަމަލަކަށް ބެލިގެން ނުވާނެ ކަމަށާއި ކްލަބު ޖަމިއްޔާއިން އުފެދިފައިވާ މަގުސަދުތަށް ހާސިލް ކުރުމަށް ހިނގާ ހަރަކާތްތަށް، މީޑިޔާގެ މައްސޫލިއްޔަތު އަދާކުރުމަށް ހިނގައި ހަރަކާތް އަދި ގާނޫނު އަސާސީއިން ލިބިދޭ ހައްގަކަށް ވަކާލާތުކުރުމަށް ރައްޔިތުން ހިނގައި ހަރަކާތް ޓެރަރިސަމްގެ ކުށަކަށް ވެގެން ނުވާނެ ކަމަށެވެ.