ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން: އިންތިޒާރުގެ ނިމުން!

Feb 1, 2021

ރާްއްޖޭގެ ތާރީޙުގެ ތެރެއަށް، ފެބްރުއަރީ 1، 2021 ވަދެގެން ދިޔައީ އެވެ. ކޮވިޑް- 19 އިގެ ވެކްސިންތަކުގެ ތެރެއިން އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިން ރާއްޖޭގައި ދޭން ސަރުކާރުން ފެށީ އެވެ.

ތާރީހުގައި ރެކޯޑް ކުރެވުނު އެންމެ ފުރަތަމަ ބޮޑު ރޯގާ ފާހަގަ ކުރެވެނީ އީސާގެ ފާނު ދުނިޔެއަށް ވަޑައިގަތުމުގެ 430 އަހަރު ކުރީގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ކޮވިޑް-19 ގުނެނީ އެފަދަ 17 ވަނަ ބަލިމަޑުކަމުގެ ގޮތުގަ އެވެ.

ބޮޑު ކޮންމެ މިފަދަ \ބަލިމަޑުކަމަކުން ބޮޑެތި ބަދަލުތައް ދުނިޔެއަށް ގެނުވި އެވެ. ސިޔާސީ، އިޖްތިމާއީ އަދި އިގްތިސޯދީ ނިޒާމް އެކުއެކީ އާ ވިސްނުންތަކަށް ދާން ޖެހުނެވެ. ގްރީކްގެ އެތެންސްގެ ބާރުވެެރި ހަޟާރަތު މުލުން ލުހި، ސްޕާޓަންސްގެ ފައިބުޑައް އެ ބާރު ތިރި ކުރުވި އެންމެ ބޮޑު އެއް ސަބަބަކީ މިދެންނެވި ޕެންޑަމިކެވެ.

ކޮންމެ ވައިރަލް ބޮޑު ރޯގާއެއް ވެސް ދުނިޔެއަށް ފެތުރުނީ އެއިރެއްގައި ދުނިޔޭގެ ދަތުރު ފަތުރުގެ ދުވެލި ހުންނަ ބާރު މިނެއްގަ އެވެ.

މިއަދުގެ ލާމެހިފައިވާ ދުނިޔޭގައި ހުރިހާ ބައްރެއް ދާދި އަވަހަށް ގުޅުވައި ދެއެވެ. ޒަމާނުގެ ގިއަރުގައި ކޮވިޑް- 19 ވެގެން ގޮސްފައި މިވަނީ، ދުނިޔެ ދުށް އެންމެ ދުވެލި ބާރު ޕެންޑެމިކަށެވެ. އެންމެ ބޮޑު ގެއްލުން ލިބޭނީ އެންމެ ދުވެލި ބާރު ބައްޔަކުން ނެވެ. މުޅި ތާރީހު ބެލިޔަސް އެއީ ކޮވިޑް-19 އެވެ. ބަލިން ފަސޭހަވާ ނިސްބަތާ މަރުވާ ރޭޓް ގުޅެނީ އިލްމާއި ވަސީލަތްތައް އެ ހިނދަކަށް ކުރިއަރާ އޮތް މިންވަރެއްގެ މައްޗަށެވެ.

ބައެއް ތަޖުރިބާކާރުންގެ ބަހުން ނަމަ، ކޮވިޑް-19 އަކީ، ބަސް ހުއްޓި އަންތަރީސްވެ، މިކަމާމެދު ވިސްނަން ފަށަންވީ ހިސާބުވެސް ވިސްނުމަށް ގެންނަން ދަތިވި ހާލަތެކެވެ. އާ ޒާތެއްގެ ގޮތްހުސްވުމެކެވެ. އިބުރަތުން ފުރިގެންވީ އެތައް ކަމެއް މީގައި ވެއެވެ.

އެތައް ގަރުނެއްގެ ތާރީހުގެ ތެރޭންވެސް ފެންނަން ނެތް އެންމެ ތަފާތު ގޮތަކަށް މުޅި އިންސާނިއްޔަތު ހުއްޓުވާލި ގޮންޖެހުމެވެ. މިއީ ބަލިމަޑު ކަމެއްތޯ އިންޒާރެއްތޯ ނުވަތަ ފުރުސަތެއްތޯ ނޫނީ ނަސޭހަތް ލިބިގަންނަންވީ ފިލާވަޅެއްތޯ ކަނޑައެޅުމުގައި ހުރި ސުވާލުތައް ގިނަ އެވެ. ތަޖުރިބާކާރު ތޫނުފިލި ވިސްނުން ބުރަވަނީ މިދެންނެވި ގޮތަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަމަލު ކުރި ގޮތް ކަނޑައަޅައި ދިން ބައިނަލް އަގުވާމީ މިންގަނޑެއް އެބައޮތެވެ. އެއީ 2020 ވަނަ އަހަރު ފަތުރުވެރި ކަމުގެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ފަހުރު މި ދިވެހިރާއްޖެ ހޯދި ހޯދުމެވެ. މި މަގާމު ލިބުމުގެ މާނައަކީ ކޮވިޑް-19 އިގެ ހާލަތުގައި އެންމެ ވަރުގަދަ ހިކުމަތާ، ވިސްނުމާއެކު ޢަމަލު ކުރި ދުނިޔޭގެ އެއްވަނަ ގައުމަކީ ދިވެހިރާއްޖެ ކަމެވެ. ކޮވިޑް- 19 ގައި ދުނިޔެ އޮތީ ހުއްޓިފަ އެވެ. އެކަމަކު ރާއްޖެ މިވީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަނަށެވެ.

އެއީ ބަޔަކު ތިއްބާ ވީގޮތެއް ނޫނެވެ. އިލާހީ މަދަދުގެ މަތިވެރިކަމާއި ބޮޑުކަމެވެ. އެއީ އެކަމުގައި ސަރުކާރު އިސްކުރި ވިސްނުމާއި ހިކުމަތެވެ. މި ބަލިމަޑު ކަމުގައި ލީޑަޝިޕްގެ އިސް ނެގުމާއި ރޭވުންތެރިކަމާ އެކުއެކީ، މުއައްސަސާ ތަކުގެ ވެރިންނާ މުވައްޒަފުންނާ އެކި ފަންތި އާއި ގިންތީގެ އޮފިސަރުން ހުއްޓުމެއް ނެތި ކުރި މަސައްތުގެ ނަތީޖާ އެވެ. މި ހިތި ތަޖުރިބާ ހިތުގެ އަޑިން ގަބޫލު ކުރި ދިވެހިރައްޔިތުންގެ އެއްބައިވަންތަކަމުގެ ބޮޑުކަމެވެ. ވެރިއެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހަންމަދު ސޯލިހު އިސް ކުރެއްވި ހިކުމަތާ ނިޔަތުގެ ފުންކަމާއި ސީދާ ކަމެވެ.