ކޮވިޑް-19 އިން ރައްކާތެރިވާން އަޅާ ފިޔަވަަޅެއްގެ ގޮތުން 20 ގައުމަކުން މީހުން ސައުދީއަށް އެތެރެވުން މަނާ ކޮށްފި އެވެ.
ސައުދީ ސަރުކާރުން މި ނިންމި ނިންމުމުގައި ބުނެފައިވަނީ ބުދަ ދުވަހުގެ ހެނދުނު ނުވައެއްގެ ފަހުން 20 ގައުމެއްގެ ރައްޔިތުންނަށް ސައުދީއަށް އެތެރެ ނުވެވޭނެ ކަމަށެވެ.
އެއީ ޖަޕާނާއި އިނގިރޭސި ވިލާތާއި އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލާއި އާޖެންޓީނާ އާއި މިސްރާއި ލުބުނާނާއި ސޫދާނާއި ސުވިޒަލޭންޑާއި ސައުތު އެފްރިކާ އާއި ޖަރުމަނާއި އިޓަލީ އާއި އަޔާލެންޑާއި އިންޑޮނޭޝިޔާ އާއި ތުރުކީ އާއި ފްރާންސް އަދި ޕާކިސްތާނުގެ މީހުންނެވެ.
އެއިން ގައުމަކަށް ދަތުރުކޮށް 14 ދުވަސް ނުވާ މީހަކަށް ވެސް ސައުދީއަށް އެތެރެ ނުވެވޭނެ އެވެ. މި ފިޔަވަޅު އެޅީ ކިހާ މުއްދަތަކަށް ކަމެއްވެސް އެ ގައުމުން ނުބުނެއެވެ.
ސައުދީ އަދިވެސް އޮތީ ވަރަށް ބޮޑަށް ބަންދު ކޮށްފައެވެ. ނަމަވެސް އުމްރާއަށް މަދުމަދުން ދަނީ ފުރުސަތު ދެމުންނެވެ. ނަމަވެސް މި 20 ގައުމުގެ އެއްވެސް މީހަކަށް މި ދުވަސްވަރު ދެން އެ ގައުމަށް އެތެރެ ނުވެވޭނެ އެވެ. ސައުދީގައި ތިބި ބޭރު ގައުމުގެ މީހުންނަށް އެ ގައުމަށް ދަތުރުކުރާ އެއާލައިންތަކުން އެނބުރި ގަައުމަށް ދެވޭނެ އިންތިޒާ މުވެސް ވަނީ ހަމަޖައްސާފަ އެވެ.