ހަބަރު

މިނިސްޓަރު މާރިޔާ އިންޑިއާއަށް

އިންޑިއާގެ ދައުވަތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެ ގައުމަށް ވަޑައިގެންފި އެވެ.

މާރިޔާ އިއްޔެ އިންޑިއާއަށް ފެއްޓެވި މި ދަތުރުފުޅަކީ އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ "އޭރޯ އިންޑިއާ 2021 ޑިފެންސް އެއާޝޯ އެންޑް ޑިފެންްސް އެގްޒިބިޝަން" އާއި "އިންޑިއަން އޯޝަން ރީޖަން ޑިފެންސް މިނިސްޓާސް ކޮންކްލޭވް" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާގެ ހަރަދުގައި ވަޑައިގެންނެވި މި ދަތުރުފުޅަށް ދައުވަތު ދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖުނާތު ސިންގެވެ.

މާރިޔާ ބައިވެރިވެވަޑައިގަންނަވާ ޑިފެންސް އެގްޒިބިޝަން މި މަހުގެ ހަތްވަނަ ދުވަހަށް ކުރިއަށްދާއިރު، މިނިސްޓަރުންގެ މީޓިން އޮންނާނީ މާދަމާ އެވެ. އެކަމަނާގެ އަރިހު މިދަތުރުފުޅުގައި، ޗީފް އޮފް ޑީފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގަންނަވަ އެވެ.