ހަބަރު

ހުޅުމާލެ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރަނީ

ހުޅުމާލޭ ލޯކަލް މާރުކޭޓް (ރަށު މާރުކޭޓު) އިން ގޮޅި ކުއްޔަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.

ހުޅުމާލޭގެ ރަށު މާރުކޭޓުން ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ ވަނީ އަށް ގޮޅިއެކެވެ. އެއީ އާޓްސް އެންޑް ކްރާފްޓްގެ މަސައްކަތްތަކަށް ދެ ގޮޅި، މަސްވެރި ކަމަށް ބޭނުންކުރާ ތަކެއްޗަށް ދެ ގޮޅި، ޕެޓް ފުޑަށް ހާއްސަ ކޮށްގެން އެއް ގޮޅި، ތްރިފްޓް ސާމާނަށް އެއް ގޮޅި، ޖޫސް ޖޮއިންޓް ހިންގަން ގޮޅިއެއްގެ އިތުރުން ކިއޮސްކް ސާމާނު ވިއްކަން ގޮޅިއެކެވެ.

މި ގޮޅިތައް ކުއްޔަށް ބޭނުންވާ ފަރާތްތަކުން މާޗް ހަތްވަނަ ދުވަހުގެ 4:00 އިން 6:00 އަށް ހުރަވީ ސުކޫލް ހޯލަށް ގޮސް ފޯމު ހުށަހެޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.