ހަބަރު

ތިން ރަށެއްގެ އިންވެސްޓްމަންޓް އޯޑިޓް ހަދަނީ

Feb 3, 2021

ސަރުކާރުން ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރި ހދ. ހޮނޑައިދޫ އާއި ށ. ނަލަންދޫ އަދި ނ. މިނާވަރު ސަރުކާރުގެ ބޭނުމަކަށް ނަގަން ނިންމާފައި ވާތީ އެ ރަށްރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ބަލަން ވެލުއޭޝަން އޯޑިޓް ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދަން ފަށައިފި އެވެ.

އެގްރިކަލްޗަރު މިނިސްޓްރީން ބުނީ ތިން ރަށުގެ ވެލުއޭޝަން އޮޑިޓެއް ހަދައިދޭން ޝައުގުވެރިވާ ނަމަ މި މަހުގެ 15 އިގެ މެންދުރު ފަހު 1:00 ޖެހުމާ ހަމައަށް އަންދާސީ ހިސާބު ހުށަހެޅޭނެ ކަމަށެވެ. -- އެއީ ވެލާނާގޭ ހަތް ވަނަ ބުރި އެވެ.

އަދި ބުނީ މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ނަމަ ޓާމްސް އޮފް ރިފަރަންސް ހޯދަން މިނިސްޓްރީއަށް މެއިލް ކުރުމުން ލިބޭނެ ކަމަށެވެ.