ފުވައްމުލައް

ކުޅި ފަލާއި ޗަސްބިިމުގެ ދުވަސް ފާހަގަކޮށްފި

ދުނިޔޭގައި ފާހަގަ ކުރާ ކުޅި އާއި ފާ އަދި ޗަސްބިމުގެ ދުވަސް، ވެޓްލޭންޑް ޑޭ ފުވައްމުލަކުގައި ފާހަގަކޮށްފި އެވެ. މި ދުވަސް ފާހަގަ ކުރަނީ ފެބްރުއަރީ ދެވަނަ ދުވަހު އެވެ.

މިއަހަރު އެ ދުވަސް ފާހަގަ ކުރަނީ ފުވައްމުލަކު ނޭޗާ ޕާކާއި އެ ސިޓީ ކައުންސިލް ގުޅިގެނެވެ.

ދުވަހާ ގުޅުވައި ފުވައްމުލަކުގެ ޗަސްބިންތަކުގައި ހެދޭ ދިވެހި ބޭސްވެރި ކަމަށް ބޭނުން ކުރާ ގަސްތަކުގެ ނާސަރީއެއް ދަޑިމަގި ކިޅި ސަރަޙައްދުގައި ހުޅުވާފައި ވެއެވެ. އަދި ނޭޗާ ޕާކާއި، ކުޅިތަކާއި، ޗަސްބިންތަކާއި ތިމާވެއްޓާއި ގުޅޭއެކިއެކި ލިޔުންތައް ހިމެނޭ ލައިބަރަރީއެއް ދަޑިމަގި ކިޅި ސަރަޙައްދުގައި ވހުޅުވި އެވެ.

ވޯލްޑް ވޭޓްލޭންޑްސް ޑޭ ފާހަގަ ކުރަނީ ޗަސްބިންތަކުގެ ފުރަތަމަ ކޮންވެންޝަން، ފެބުރުއަރީ 2، 1971 އީރާނުގެ ކެސްޕިއަން ކަނޑުގެ ގޮނޑުދޮށުގައި ބާއްވާފައި ވާތީ އެވެ.