ރިޔާސީ ބަޔާން

ދީނުގެ ނަމުގައި ގޯނާކުރަން އެއްވެސް ފުރުސަތެއް ނުދޭނަން: ރައީސް

ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް ހައްގުތަކުން މަހުރޫމްކޮށް މުޖްތަމައު ބައިބައި ކުރުމަށް އެއްވެސް ބަޔަކަށް މި ފަސްގަނޑުގައި ފުރުސަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މި އަަހަރަށް މަޖިލީސް ހުޅުވައި ދެއްވާ އިއްވެވި ރިޔާސީ ބަޔާނުގައި ރަައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ހިތްތަކުގައި ސައްހަ އަގީދާ އަށަގެންނެވުމަށާއި ދީނުގެ ރިވެތި އުސޫލުތައް ނެގެހުއްޓުމަށް މިދިޔަ އަހަރު ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވުނު މަަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް ހައްގުތަކުން މަހުރޫމްކޮށް މުޖްތަމައު ބައިބައި ކުރުމަށް އެއްވެސް ބަޔަކަށް މި ފަސްގަނޑުގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އިސްލާމް ދީނުގެ މަތިވެރި އިޖްތިމާއީ އުސޫލަކީ ކުޑަކުދިންނާއި އަންހެނުންނަށް އޯގާތެރިވެ އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރި ކަމުގައި އުޅުން ކަމަށްވާއިރު ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް ހައްގުތަކުން މަހްރޫމްކޮށް މުޖްތަމައު ބައިބައި ކުރުމަށް އެއްވެސް ބަޔަކަށް މި ފަސްގަނޑުގައި އެއްވެސް ފުރުސަތެއް ނުދެވޭނެ،" ރައީސް އިއްވެވި އެމަނިކުފާނުގެ ތިންވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވިއެވެ.

ދިވެހިންގެ ހިތްތަކުގައި ﷲގެ އެއްކައުވަންތަކަމުގެ އަގީދާ އަށަގެންނެވުމަށާއި އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ނެގެހެއްޓުމަށް މިދިޔަ އަހަރުގެ ތެރޭގައިވެސް ސަރުކާރުން ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާނެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، އަޅުގަނޑު ފާހަގަ ކުރާނީ، ހަރުކަށި ފިކުރުގެ އޮއިވަރުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތައް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް | ރިޔާސީ ބަޔާން 2021

ދީނުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ އަދި ޖިސްމާނީ ގޯނާކޮށް ހައްގުތަކުން މަހުރޫމްކޮށް މުޖްތަމައު ބައިބައި ކުރުމަށް އެއްވެސް ބަޔަކަށް މި ފަސްގަނޑުގައި ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު ރުގުޔާ ކުުރުމުގެ ނަމުގައި ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް ވެކްސިން ނުދިނުމުގެ ބައެއް މައްސަލަތައް މިދިޔަ އަހަރު ފާހަގަ ކުރެވުނެވެ. އަދި ނުރައްކާތެރި ހަމަލާތައް ރޭވުމުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ބަލާފައިވެއެވެ.

އެފަދަ މައްސަލަތަކުގައި ބައެއް މީހުން ހައްޔަރުކޮށް ދައުވާ އުފުލާފައިވާއިރު ބައެއް މީހުންނަށް ނަސޭހަތްދީ އެ މީހުން ހަމަމަގަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ނަމަަވެސް ފާޅުގައި ބައެއް މީހުން އިސްލާމްދީނާއި މާތްރަސޫލާއަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ހިންގަމުންދިޔައިރު އެފަދަ މައްސަލަތައް ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަަޅު އަޅާފައި ނުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.