ދުނިޔެ

ގުޅުން ބަދަހި ކުރިފަހުން އިޒްރޭލުގެ 130،000 މީހުން ޔޫއޭއީއަށް ޒިޔާރަތްކޮށްފި

އިޒްރޭލާއެކު ގުޅުން ބަދަހިކުރި ފަހުން ޔޫއޭއީއަށް 130،000 މީހުން ޒިޔާރަތްކޮށްފި ކަމަށް އަބޫ ދާބީގައި ހުންނަ އިޒްރޭލުގެ ޑިޕްލޮމެޓް، އީތަން ނައިހް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ސެޕްޓެމްބަރު 2020 ގައި "އަބްރަހަމް އެކޯޑްސް" ގައި ދެ ގައުމުން ސޮއިކުރި ފަހުން ޓޫރިޒަމް ކުރިއަރާތީ ފެނިވަޑައިގަންނަވާ ކަމަށެވެ.

"އަބްރަހަމް އެކޯޑްސް" އަކީ އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އިސްކޮށް ހުންނަވައި އިޒްރޭލާ އަރަބި ގަލްފު ގައުމުތައް އެކުވެރިކުރުވުމަށް އެކެލަވާލި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޔޫއޭއީ އާއި ސޫދާން، މޮރޮކޯ އަދި ބަހްރޭނުން ވަނީ އިޒްރޭލާ ގުޅުން ބަދަހި ކޮށްފަ އެވެ. އިތުރު ގައުމުތައް ގުޅުން ބަދަހކުރާނެ ކަމަށް އިޒްރޭލުން ބުނެ އެވެ.

އެމިރޭޓްސް ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އީތަން ވިދާޅުވީ ބައެއް މޫސުންތަކުގައި އިޒްރޭލުން މަހަކު 50،000 މީހުން ޔޫއޭއީއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެއްވޭ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑާ ހެދި ގައުމުތައް ތަޅުލެފައި ނެތް ނަމަ އެހެން ގައުމުތަކުގައި ތިބި އިޒްރޭލުން މީހުން ވެސް ޔޫއޭއީ އަދި އަރަބި އެކުވެރި ގައުމުތަކަށް ޒިޔާރަތްކޮށް ވިޔަފާރިކުރާނެ ކަމަށެވެ.

އީތަން ވިދާޅުވީ ދެގައުމުގެ ދެމެދުގައި މުދާއުފުލުމަށް ކަނޑުމަގުން ހޭދަކުރާ 16 ދުވަހަށް ވުރެ އަވަސް ނިޒާމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި މިހާރު ހަމަޖެހިފައިވާ "އެއާ ކޮރިޑޯ" މެދުވެރިކޮށް އެ މުއްދަތު މަދު ގަޑިއިރަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއާ ކޮރިޑޯ އަކީ އިޒްރޭލް ވިޔަފާރިވެރިން އަދި ޔޫއޭއީ ވިޔަފާރިވެރިންނަށް ވެސް ފައިދާ ހޯދިދާނެ ފުރުސަތެއް ކަމަށާއި ޝައުގުވެރިވާ މީހުން ގިނަ ކަމަށެވެ.

އީތަން ވިދާޅުވި ގޮތުން އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން އޮންނަ އެހެން ގައުމުތަކުން ޔޫއޭއީއަށް ގެނައުމާއި އަދި ދުނިޔޭގެ ބާޒާރުތަކަށް ސަޕްލައިކޮށް ސަރަހައްދީ ނާރެހަކަށް ވެވިދާނެ ކަމަށާއި އެކަމުގައި އިޒްރޭލުން ޔޫއޭއީއަށް އެހީތެރިވާނެ ކަމަށެވެ.

އިޒްރޭލާއެކު 29 ދާއިރާއަކުން އެއްބާރުލުމަށް ޔޫއޭއީ ލިސްޓްކޮށްފައި ވާއިރު މިހާތަނަށް ސޮއިކޮށްފައި ވަނީ އަށް ދާއިރާއަކުންނެވެ.