ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިންދިނުމުގައި އިންޑިއާ ހަތަރު މިލިއަނުގެ މިންގަނޑަށް

އިންޑިއާގައި ކޮވިޑް ވެކްސިން ޕްރޮގްރާމް ފަށައި ދުނިޔެ ހައިރާކޮށްލައިފި އެވެ. ކޮވިޑުން ރައްކާތެރިވުމަށް އާންމު ރައްޔިތުންނަށް ޖެނުއަރީ 16 ގައި ވެކްސިންދޭން އިންޑިއާއިން ފެށި ބިޔަ ޕްރޮގްރާމްގައި 18 ދުވަސް ތެރޭގައި ހަތަރު މިލިއަން މީހުންނަށް ވެކްސިންދީފި އެވެ. އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާއިން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.

މިއަހަރު ފެބްރުއަރީ ފެށުނުއިރު އިންޑިއާ އޮތީ ކޮވިޑް ވެކްސިން ޕްރޮގްރާމްގައި ދުނިޔޭނެ ނިސްބަތުން ފަސްވަނާގައި ކަމަށް މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް، މިހިސާބަށް އާދެވުނުއިރު އިންޑިއާއަށް، ވަގުތުގެ ނިސްބަތުން ކުރި ހޯދިއްޖެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އިންޑިއާގައި ކޮވިޑް ވެކްސިންދޭން ފަށާފައި ވަނީ ވަރަށް ބޮޑަށް ތައްޔާޜުވެގެންނެވެ. އާންމުކޮށް ގައުމުތަކުން ނުކުރާ ކިތައްމެ ކަމެއް، ވެކްސިން ޕްރޮގްރާމް ކާމިޔާބުކުރުމަށް، އިންޑިއާއިން ވަނީ ކޮށްފަ އެވެ. ރަސްމީ ރިހާސަލްތައް ބޭއްވުމާއި ވެކްސިން ދިނުމަށް ފުރަތަމަ ސަފަށް ނެރޭ މީހުން ވަނީ ވަރަށް މޮޅަށް ތަރުތީބުކޮށްފަ އެވެ. ވެކްސިންދޭން ފަށަންވާއިރަށް މަރުކަޒުތައް ކަނޑައަޅައި ވަނީ ނިންމާފަ އެވެ.

އިންޑިއާގައި ކޮވިޑް ކޮންމެވެސް ވަރަކަށް މައިތިރިކުރެވޭ ނިޝާންތައް ފެންނަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. އެއާއެކު އަޅާފައި ހުރި ފިޔަވަޅުތައް އަލުން ބަލައި ލުއިދެވިދާނެ ގޮތްތައް ވިސްނަމުން އަންނަ ކަމަށް ވެސް އިދާރާތަކުން ބުނެ އެވެ.

އާބާދީއަށް ވެކްސިންދޭން ފެށިއިރު އިންޑިއާ ވެފައި ވަނީ ކޮވިޑްގައި ދުނިޔޭގެ ނިސްބަތުން ހާލަތު ދެވަނަ އަށް އެންމެ ދަށް ގައުމަށެވެ. އެހެން ނަމަވެސް، އިންޑިއާ ބެލެވިފައި ވަނީ ކޮވިޑް ޖެހޭ ނިސްބަތުން އެންމެ މަދުން މީހުން މަރުވި ގައުމަށެވެ.

އިންޑިއާގައި އާންމުކޮށް ދެނީ އެސްޓްރަޒެނެކާ-އޮކްސްފޯޑް ވެކްސިނެވެ. ބާރާތު ބަޔޯޓެކް ވެކްސިން ވެސް ބޭނުންކުރަމުން ދާއިރު މި ދެވެކްސިނަށް ވެސް އިންޑިއާއިން ވަނީ ހުއްދަދީފަ އެވެ.