ހަބަރު

ފުލުހުންގެ މައްސަލަތައް އިންސާފުވެރިކޮށް ބެލެންޖެހޭނެ: އަރީފު

Oct 27, 2015
1

ހިދުމަތް ދިނުމުގައި އާންމުންގެ ލޯބި ގޮތަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ނުފޫޒެއް ނެތި ފުލުހުންގެ މައްސަލަތައް ބެލެންޖޭނެ ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވިދާޅުވެއްޖެ އެވެ.

ފުލުުސް އިދާރާ ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި އަރީފު މިހެން ވިދާޅުވީ ފުރަތަމަ ފަހަރަށް ފުލުހުންގެ އިސްވެރިންނާ މިއަދު ބައްދަލު ކުރެއްވުމަށްފަހު އެވެ.
އަރީފު ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓައި މަސައްކަތު އަހުލާގައި ސްލޫކު ހަރުދަނާކޮށް، ޚިދުމަތް ދިނުމުގައި ލޯތްބާ އިޙްތިރާމް ލިބޭނެ ގޮތަށް މަސައްކަތްތައް ގެންދަން ކުރަންޖެހޭ ކަންކަން ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަރީފު ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަކީ ފުލުހުންގެ ތެރޭގައި އެއްވެސް ނުފޫޒެއްނެތި މިނިވަން ކަމާއެކު މަސައްކަތް ކުރާ ގުނަވަނަކަށް ވާންޖެހޭނެ ކަމަށާއި ފުލުހުންގެ މައްސަލަތައް ހަމަހަމަ ކަމާ އިންސާފުވެރި ކަމާއެކު ބެލިގެންދާން ޖެހޭނެ ކަމަށެވެ.

އަދި ވިދާޅުވ އެ ކޮމާންޑްގެ މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އެއްވެސް ފުލުހަކަށް ވެސް މުވައްޒަފަކަށް ވެސް ނުދެއްވާނެ ކަމަށާއިހުށަހެޅޭ މައްސަލަތައް ވަކި ފުލުހެއްގެ ނުފޫޒު އޮވެގެން ނުބެލި ހުރެގެން ނުވާނެ ކަމަށެވެ. ޕްރޮފެޝަނަލް ސްޓޭންޑާޑްސް ގައި ނުނިމި އެއްވެސް މައްސަލައެއް ވެސް އޮވެގެން ނުވާނެ ކަމަށެވެ.