ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހުޅުމާލެ ޖަލުން އިތުރު 31 ގައިދީއަކު ޕޮޒިޓިވްވެއްޖެ

ހުޅުމާލެ ޖަލުން އިތުރު 31 ގައިދީއަކު ޕޮޒިޓިވްވެއްޖެ އެވެ.

ޖަލުން ގައިދީއަކު ފުރަތަމަ ޕޮޒިޓިވްވީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެ ކޭސްއާ ގުޅިގެން 112 ސާމަޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 31 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ. އެހެން ކަމުން ޖަލުން މިހާތަނަށް 32 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މުޅީންވެސް ގައިދީންނެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި ގައިދީން އެކަހެރި ކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންނާ ކޮންޓެކްޓްވި މީހުން ތިބީ ކަރަންޓީންގައި ކަމަަށެވެ.