ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ

ހުޅުމީދޫން އިތުރު 10 މީހަކު ޕޮޒިޓިވް

އައްޑޫ ސިޓީ ހުޅުމީދޫއިން އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހުޅުމީދޫއިން ޕޮޒިޓިވްވެފައިވަނީ އެ ރަށު އެމްޓީސީސީ ސައިޓުގައި އުޅޭ ބައެކެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު އެ ސައިޓުން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މުޅީންވެސް ބިދޭސީންނެވެ.

އެޗްޕީއޭއިން ބުނީ މީގެ ހަފުތާއެއްގެ ކުރިން ސ. ހުޅުދޫއަށް ފުރަބަންދު ކަރަންޓީީންއަށް ދިއަ ދެ މީހަކުވެސް ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭރު މައުލޫމާތު ދެވިފައިވަނީ އެމްޓީސީސީ ސައިޓްގައި ކޮންޓެކްޓެއް ނެތް ކަމަށާ އެހެންކަމުން މި ދެމީހުންނާ ގުޅިގެން އިތުރު ބަޔަކު ކަރަންޓީން ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން އިއްޔެ ހަތަރު މީހެއްގެ ނެގި ސާމްޕަލް ވަނީ ޕޮސިޓިވްވެފައެވެ. މިސައިޓްގައި ޖުމްލަ 60 މީހުން ތިބި ކަމަށް ބުންޏެވެ. ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.