ވިޔަފާރި

މި އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ލައްކަ އަކަށް

މި އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު އެއް ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ނެރޭ "ވީކްލީ އަޕްޑޭޓް" ގައިވާ ގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް 102،107 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 193،697 ޓޫރިސްޓުންނާ އަޅާ ބަލާއިރު 47.3 ޕަސެންޓް ދަށްވުމެކެވެ.

މިހާރު ރާއްޖެ އަށް އެވްރެޖު ގޮތެއްގައި ދުވާލެއްގެ މައްޗަށް އަންނަނީ 2،501 ޓޫރިސްޓުންނެވެ. އަދި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ރާއްޖޭގައި މަޑު ކުރަނީ 9.8 ދުވަހު އެވެ.

ރާއްޖޭގައި މިހާތަނަށް 624 ޓޫރިޒަމް ފެސިލިޓީއެއްގެ 43،656 އެނދު ވަނީ ހުޅުވާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް 555،494 މީހުން އައިސްފައިވެ އެވެ. ސަރުކާރުގެ އަންދާޒާއަކީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ.