ލައިފްސްޓައިލް

ޓީޗަރަކަށް އަވަށެއްގެ އެންމެން ކަރުނައިގެ ވަދާއެއް ކިޔައިފި

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ހަމިރްޕޫރުގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރަކަށް އޭނާ ކިޔަވައިދިން ދަރިވަރުންނާއި އެ އަވަށުގެ އެންމެން ކަރުނައިގެ އަލްވަދާއެއް ކިޔައިފި އެވެ.

ބިޝްމާ ނާރަޔަން ނަމަކަށް ކިޔާ މި ޓީޗަރު ދަރްޕޫރް އަވަށުގައި މަސައްކަތް ކުރާތާ 12 އަހަރުވީއިރު އޭނާ ކިޔަވައިދޭ ކުދިންގެ މެދުގައި އޭނާއަކީ ވަރަށް މަގްބޫލު ޓީޗަރެކެވެ. އަދި އެހެންވެ މުޅި އަވަށުގެ އެންމެން ވެސް އޭނާ ދެކެ ވަރަށް ލޯބިވެ އެވެ.

ޓީޗަރު އެހެން ރަށަކަށް ޓްރާންސްފާ ވުމުން ދަރްޕޫރުން ފުރި ދުވަހު އަވަށުގެ އެންމެންނާއި އޭނާ ކިޔަވައި ދިން ހުރިހާ ދަރިވަރުންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދިޔައީ ޓީޗަރުގެ ރަނގަޅުކަމުންނެވެ.

ޒީ ނިއުސްގައިވާ މި ހަބަރު ބުނާ ގޮތުގައި ދަރްޕޫރްގެ ޕްރައިމަރީ ސްކޫލެއްގެ ޕްރިންސިޕަލް އެއްގެ ގޮތުގައި ބިޝްމާ ނާރަޔަން 12 އަހަރު ދުވަހު މަސައްކަތް ކޮށްފައި ވެއެވެ. އެހެން އަވަށަކަށް ޓްރާންސްފާވެ އޭނާއަށް އެ އަވަށް ދޫކޮށް ދާން ޖެހުމުން އަވަށު އެންމެންނާއި ދަރިވަރުންނަށް ރޮވުނީ އަވަށުގައި ހޭދަކުރި އަހަރުތަކުގައި އޭނާ ކޮށްދިން ޚިދުމަތް އެމީހުން ބަލައިގަންފައިވާލެއް ބޮޑުކަމުންނެވެ.

ޓީޗަރުގެ ސީދާ ސާދާ މިޒާޖުގެ ސަބަބުން އޭނާ ދެކެ އަވަށުގެ އެންމެންނާއި ކިޔަވާ ކުދިން އިންތިހާއަށް ލޯބިވެ އެވެ. އޭނާގެ ވަކިވެގެން ދާތަން ބަލަން އެމީހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވީ އެހެންވެ އެވެ.

މި ޓީޗަރު އެހެން އަވަށަކަށް ޓްރާންސްފާ ކުރަން މީގެ އަހަރު ތަކެއް ކުރިން ވެސް ކަމާ ބެހޭ އިދާރާތަކުން އުޅުނެވެ. އެ ފަހަރު އަވަށުގެ މީހުން ކަމާ ގުޅޭ އޮފީސްތަކަށް ގޮސް އެތައް މަސައްކަތެއް ކޮށްގެން އޭނާގެ ޓްރާންސްފާ ހުއްޓުވީ އެވެ. ނަމަވެސް މިފަހަރު އެމީހުން ވަރަށް މަސައްކަތް ކޮށްގެންވެސް އެކަން ހުއްޓުވޭ ގޮތް ނުވުމުން ޓީޗަރަށް ދާން މަޖްބޫރުވީ އެވެ.

ޓީޗަރު ފުރަން އޮތް ދުވަހުގެ ކުރީ ދުވަހުއްސުރެ އޭނާގެ ދަރިވަރުންތައް ޓީޗަރާ ބައްދަލުކޮށް އެއްވެސް ހިފެހެއްޓުމެއް ނެތި ކުދިންތައް ރޮމުން ދިޔަ އެވެ. އެކުދިންގެ އެންމެ ފޭވަރިޓް ޓީޗަރު އެކުދިންނާ ވަކިންވެގެން ދާތީ އެވެ. އެކުދިން ބުނަނީ އެންމެ ކުޑައިރުއްސުރެ އެ ކުދިންނަށް ކިޔައިވައިދިނީ އެ ޓީޗަރަށް ވާތީ އޭނާގެ ކިޔަވައިދިނުމަށް އާދެވެފައި ތިބި ކަމަށެވެ. އެހެންވެ އެހެން ޓީޗަރަކު ކިޔަވައިދޭން އެމީހުން ބޭނުން ނުވާ ކަމަށެވެ.