ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޑރ. މުރާދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑާ ގުޅޭ މައުލޫމާތުތައް ހާމަ ކުރަން ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ޕްރެސްތަކުގައި ވެސް ދޭތެރެ ދޭތެރެއިން ބައިވެރިވެ ވަޑައިގެން މުހިންމު މައުލޫމާތުތައް ދެއްވާ މުރާދު މިއަދު ވިދާޅުވީ ކޮޮވިޑަށް އޭނާ ޕޮޒިޓިވްވީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ.

"ހޯމް ކަރަންޓީނުގައި މިހާރު އަޅުގަނޑު މި ހުރީ... އަޅުގަނޑުގެ ހާލު ރަނގަޅު" މުރާދު ވިދާޅުވި އެވެ.

މުރާދު ވިދާޅުވީ އޭނާ ކޮވިޑް ވެކްސިން ޖައްސަވާނީ ކަރަންޓީނުގެ މުއްދަތު ހަމަ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް ގަވައިދުން އަތް ދޮވެ، މާސްކު އަޅައި އިޖުތިމާއީ ގައިދުރުކަން ބަހައްޓަން އެހެން މީހުންނަށް ހަނދާން ކޮށްދެއްވި އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަނެއްކާވެސް ވަނީ އާދަޔާ ހިލާފަށް ގިނަވާން ފަށައިފަ އެވެ. އެގޮތުން އިއްޔެވެސް 137 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ.