ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ޒަރޫރީ ބޭނުންތަކަށް ނޫނީ ނުކުމެ ނޫޅެން އަންގައިފި

އެޗްޕީއޭގެ މޮނިޓަރިންގައި އޮތް އައްޑޫ ސިޓީގެ ރަށްތަކުގައިު ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅެން އަންގައިފި އެވެ.

އައްޑޫ ސިޓީ މޮނިޓަރިންއަށް ގެންދިޔައީ ވެރިރަށް ހިތަދޫން ދެ މީހަކު ޕޮޒިޓިވް ވެގެނެވެ. އެއީ ކަރަންޓީންގައި ވެސް ހުރި ދެ މީހުނެއް ނޫނެވެ. އައްޑޫގެ ރަށްތަކަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންއަށް ގެންދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.

އެ ސިޓީ ކައުންސިލް އިދާރާއިން ބުނީ މި ހާލަތުގައި ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި ބޭރުގައި އުޅޭ ވަގުތު މާސްކު އަޅާށާއި އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވާން އެދޭ ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން ދާ މީހުން އެ އަވަށެއްގެ ފޯކަލް ޕޮއިންޓް، އެސްއެސްޑީއާ މަޝްވަރާކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައި ވެއެވެ.

އައްޑު އަތޮޅުގެ ރަށްތަކުގެ ސުކޫލުތައް ބަންދުކޮށް ކައުންސިލް އިދާރާގެ ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ.

ސިޓީގައި ވަކިން އޮންނަ ހުޅުމީދޫން ވެސް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އެ ރަށުން 28 މީހަކު މިހާތަނަށް ޕޮޒިޓިވްވެފަ އިވެއެވެ. ހުޅުމީދޫން ޕޮޒިޓިވްވެފައި ވަނީ އެ ރަށު އެމްޓީސީސީ ސައިޓުގައި އުޅޭ ބައެކެވެ. އެކަމަކު އެއީ މުޅީން ބިދޭސީންނެވެ.

ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަައި އޮތުމަށްފަހު ކޮންމެ ދުވަހަކު ބަލިޖެހޭ މީހުންގެ ނިސްބަތް މިފަހުން ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ.