ލައިފްސްޓައިލް

ކުޅޭކުޅޭ ބަޑިއެއް ދިއްކޮށްގެން ސައޫދީ ބޭންކެއް ލޫޓުވައިފި

ސައޫދީ ބޭންކެއް ލޫޓުވަން މީހަކު ބޭނުން ކުރީ ކުޅޭ ބަޑިއެއް
0%
0%
0%

ކުޅޭކުޅޭ ބަޑިއަކުން ބިރު ދައްކައިގެން ސައޫދީ އަރަބިޔާގެ ރިޔާޒުގައި ހުރި ބޭންކަކުން ފައިސާތަކެއް ފޭރުނު މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރު ކޮށްފި އެވެ. އެމީހާ ވަނީ ބެންކަށް ހިދުމަތް ހޯދަން ދިޔަ ކަސްޓަމަރެއްގެ ބޮލުގައި ކުޅޭ ކުޅޭ ބަޑި ޖައްސައި ބަޑި ޖަހާނެ ކަމަށް ބުނެ ބިރު ދައްކައި ބޭންކުގެ އޮފިޝަލުން ބިރު ގަންނަވައިގެން 25،500 ސައޫދީ ރިޔާލަ ފޭރިފަ އެވެ.

ނަމަވެސް ފައިސާ ފޭރިގެން އޭނާއަށް ފިލޭ ގޮތެއް ނުވި އެވެ. ސެކިއުރިޓީން ވަނީ އެމީހާ ހައްޔަރު ކޮށްފަ އެވެ.

ސައޫދީ ފުލުހުން ފަހުން ބުނެފައި ވަނީ އެމީހާ އަކީ ސައޫދީގައި ވަޒީފާ އަދާކުރާ ފިލިޕީންސް މީހެއް ކަމަށެވެ.
އެމީހާ ބޭނުންކުރީ ފޭކް ބަޑިއެއްކަން އެނގުނީ އޭނާ ހައްޔަރުކުރި ފަހުންނެވެ.

މި މީހާ ބޭންކަށް ވަދެ ފައިސާ ފޭރޭ މަންޒަރުގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑީއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯގައި ފެންނަނީ މޫނުގައި މާސްކް އަޅައި މޫނު ނިވާ ކޮށްގެން ހުރި މީހަކު އެ ބޭންކުގެ ކައުންޓަރު ކައިރީ ހިދުމަތް ހޯދަން ގޮސް ހުރި މީހެއްގެ ބޮލުގައި ބަޑިއެއް ކަހަލަ އެއްޗެއް ޖައްސާ ތަނެވެ. އަދި ކައުންޓަރުގައި އިން ބޭންކް އޮފިޝަލަށް ބިރު ދައްކައި އޭނާގެ ވަތްގަނޑުގައި ހުރި ހުރިހާ ފައިސާއެއް މި މީހާ ފޭރިގެން ބޭންކުން ނުކުންނަ ތަން ވެސް ވީޑީއޯގައި ފެނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޑާކްޑޭ

އަނީސާ....މަ ބިރުން މޮޔަނުވީ ކިރިޔާ.އޭޓީއެމް އައް ދަރިފޮނުވާފަ ފޯން ބަލާލި އިރު އަނީސާ ތިޔަ ގެނެސްދިން ހަބަރުން މަ މުޅިންއަވަދި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345