މާލޭގެ މިސްކިތްތަކުގެ އިމާމުންނާ އިސްލާމިކް މިނިސްޓްރީން ބައްދަލުކޮށް މަޝްވަރާ ކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މާލޭގެ މިސްކިތްތަކުގެ އިމާމުންނާ ބައްދަލު ކުރީ ކޮވިޑް ބަލި ފެތުރުން އިތުރުވެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ ފިޔަވަޅުތައް އަޅަން އިމާމުންނަށް ލަފަ އާއި އިރުޝާދު ދިނުމުގެ ގޮތުން ކަމަށެވެ.
މި މަޝްވަރާތަކުގައި މިސްކިތްތަކަށް ނަމާދަށް ދާ މީހުންގެ އަމަލުތައް ހުންނަން ޖެހޭ ގޮތާއި، އެމީހުން އިތުރަށް ސަމާލުވާންވީ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ.
ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މިދިޔަ އަހަރު ކުރި ލޮކްޑައުންއާއި އެކީ މިސްކިތްތައް ތިން މަހަށް ބަންދުކޮށްފައި ވެއެވެ. މާލޭގެ މިސްކިތްތައް އަލުން ހުޅުވާ ޖަމާއަތުގައި ނަމާދުކޮށްދެން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.