ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޭސީސީގެ ބައެއް ހިދުމަތްތައް އޮންލައިންކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެމުން އައި ބައެއް ހިދުމަތްތައް އޮންލައިން ކޮށްފި އެވެ.

އޭސީސީ އިން މިއަދު ބުނީ، ކޮވިޑް ބަލީގެ ހާލަތު އަނެއްކާ ވެސް ގޯސްވަމުންދާތީ، އެޗްޕީއޭ އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްގޮތަށް އެ ކޮމިޝަންގެ ބައެއް ހިދުމަތްތައް އޮންލައިނުކޮށް ދޭން ނިންމާފައިވާ ކަމަށާއި އެގޮތުން އެ ކޮމިޝަނުގެ ރިސެޕްޝަނުން ދެމުން އައި ހުރިހާ ހިދުމަތެއް މިއަދުން ފެށިގެން ދޭނީ އޮންލައިންކޮށް ކަމަށެވެ.

މައުލޫމާތު ސާފުކުރުމާއި ރެކޯޑް ސާފުކުމުގެ ކަންކަން މިއަދުން ފެށިގެން އޮންލައިންކޮށް ކުރާއިރު، މައްސަލަ ހުށަހެޅުމަށް 1418 އަށް ގުޅަން ވެސް ކޮމިޝަނުން ވަނީ އެދިފަ އެވެ.