ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޑީސީ

އެޗްޑީސީގެ މުވައްޒަފަކު ކުއްލި ގޮތަކަށް މަރުވެއްޖެ

Feb 7, 2021
4

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރަމުން އައި ޒުވާނަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ. އޭނާ މަރުވީ ދުބާއީގައި ހުއްޓަ އެވެ.

އުމުރުން 38 އަހަރުގެ އެ ޒުވާނާ، އަބްދުﷲ އިޔާދު އަހުމަދަކީ އެޗްޑީސީގައި ސީނީ ޓެކްނިކަލް އޮފިސަރެއްގެ ގޮތު މަސައްކަތް ކުރަމުން އައި މީހެކެވެ. އޭނާއަކީ އެޗްޑީސީގައި ވަރަށް ހީވާގި ކަމާއެކު މަސައްކަތް ކުރަމުން އައި ޒުވާނެއް ކަމަށް ވެސް ވެއެވެ. އެޗްޑީސީން ބުނީ އިޔާދު މަރުވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އިޔާދު މަރުވި އިރު އޭނާ ދުބާއީއަށް ގޮސް ހުރީ އަމިއްލަ ޗުއްޓީއެއްގައި އަނބިމީހާ ވެސް ގޮވައިގެން ގޮހެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި އިޔާދު މަރުވީ ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށެވެ. އެހެން ނަމަވެސް އެ މައުލޫމާތު ސާފުވެފައެއް ނުވެއެވެ. އަދި އެޗްޑީސީން ވެސް އެކަން ބުނެދީފައެއް ނުވެއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި 54 މީހުން މަރުވެފައިވާއިރު ކޮވިޑް ބަލިން އަރައިގަތުމަށް މިހާރު ރާއްޖޭގައި ވަނީ ވެކްސިން ދޭން ވެސް ފަށައިފަ އެވެ.