ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އައްޑޫ ކްލަސްޓާ: ތިނަދޫން މީހަކު ޕޮޒިޓިވްވެއްޖެ

ގދ. ތިނަދޫން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވްވި މީހާ އަކީ އައްޑޫ ކްލަސްޓާގެ މީހަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެރަށް އަނެއްކާވެސް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ. އެޗްޕީއޭ އިން ވަކި އެއްޗެއް އަންގަން ދެން އެރަށަށް އަރައި ފޭބުން ވަނީ މަނާ ކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު ތިނަދޫ އިން މާލެ އައި ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އެ ދެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ތިނަދޫގައި އުޅުމަށްފަހު މާލެ އައި ފަހުންނެވެ. އެ ދެ މީހުންނަކީ އެޗްޕީއޭއިން ދޭ ހާއްސަ ހުއްދައިގެ ދަށުން ތިނަދޫއަށް ދިޔަ ދެ މީހުންނެވެ.

އައްޑޫ ވެސް މިހާރު އޮތީ މޮނީޓަރިންގ އަށް ލައިފަ އެވެ. އައްޑޫ އެޗްޕީއޭގެ މޮނިޓަރިންއަށް އިއްޔެ ލީ ހިތަދޫއިން ދެ މީހަކު ޕޮޒިޓިވް ވެގެންނެވެ. އެއީ ކަރަންޓީންގައިވެސް ހުރި ދެ މީހުންނެއް ނޫނެވެ. އައްޑޫގެ ރަށްތަކަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންއަށް ލީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެނެވެ.

އައްޑޫ ސިޓީ ހުޅުމީދޫއިންވެސް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވެއެވެ. އެ ރަށުން 28 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވެއެވެ. ހުޅުމީދޫއިން ޕޮޒިޓިވްވެފައިވަނީ އެ ރަށު އެމްޓީސީސީ ސައިޓުގައި އުޅޭ ބައެކެވެ. އެއީ މުޅިންވެސް ބިދޭސީންނެވެ.