ހުޅުމާލެ

ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހަދާނެ ބަޔަކު ހޯދަމުންދާ ކަމަށާ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ރަޖިސްޓްރީ ކޮށް މައުލޫމާތު ސާފު ކުރުމުގެ އެ މިނިސްޓްރީއަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުމަށް އެދޭ ކަމަށެވެ.

ބިޑަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށްވެސް މައުލޫމާތު ކަރުދާސް އެ މިނިސްޓްރީން އީމެއިލް މެދުވެރިކޮށް ފޮނުވާނެ އެވެ.

ޕްރީ ބިޑް މީޓިން މި މަހުގެ 14 ގައި އެ އިސްލާމިކް މިނިސްޓްރީގައި އޮންނާނެ އެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 11 ގެ ކުރިން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ވަނީ އެދިފައެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ މި މަހުގެ 21 ގައެވެ. ރަޖިސްޓްރީ ނުކުރާ ބަޔަކަށް އަންދާސީ ހިސާބު ހުށައެއް ނޭޅޭނެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އަޅާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވާއިރު ދެވަނަ ފޭސްގައި މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. އަދި ކުރީ ސަރުކާރުން އިމާރާތްކުރި 7،000 ފްލެޓަށް މި އަހަރު މީހުން ވަންނާނެ އެވެ. އޭރުން ދެވަނަަ ފޭސްގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ އެވެ. އޭގެ ކުރިން ދެވަނަ ފޭސްގައި އެކި ހިދުމަތް ދޭނެ ތަންތަން ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.